Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކޫއްޑޫން އިތުރު 14 މީހުން ކޮވިޑަށް ފައްސިވެއްޖެ

ކޫއްޑޫން އިތުރު 14 މީހުން ކޮވިޑަށް ފައްސިވެއްޖެ

ކޫއްޑޫން އިތުރު 14 މީހުން ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.

ގއ. އަތޮޅު ހޮސްޕިޓަލުގެ ހިސާބުތަކަށް ބަލާއިރު ކޫއްޑޫން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ކޮވިޑް-19އަށް 14 މީހަކު ވަނީ ފައްސިވެފައެވެ. މިކަމާ ގުޅިގެން އަލަށް ފައްސިވި 14 ފަރާތް ކަރަންޓީނު ކުރެވި، ގާތުން އެއްތާވި މީހުން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މިއާ އެކު ކޫއްޑޫއިން ފައްސިވި މީހުންގެ ޖުމުލަ އަދަދު ވަނީ 54އަށް އަރައިފައެވެ.

މިއަދު އެ ރަށުން 14 މީހަކު ފައްސިވި އިރު މިހާތަނަށް 11 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.

Advertisement
Ooredoo — Truecaller (box)

ކޫއްޑޫ "ރަންދި26" ނަމަކަށް ކިޔާ ބޯޓެއްގެ ފަޅުވެރިން ކޮވިޑް-19އަށް ފައްސިވުމާ ގުޅިގެން ކޫއްޑޫން މަސްކިރުވި 25 ދޯންޏެއްގެ ފަޅުވެރިން ވަނީ ކަރަންޓީނު ކުރެވިފައެވެ. އަދި ގުޅުން ހުރި ވޭދަނަތަކެއް ގއ.މާމެންދޫއާއި ގއ.ކޮލަމާފުށިން ވެސް ވަނީ ފެނިފައެވެ.

މިކަމާ ގުޅިގެން ކޫއްޑޫ މޮނިޓަރިން ހާލަތަށް ލެވިފައި ވަނީ ޖޫން 12 ގައެވެ.

އެއްވެސް ފަރާތަކަށް ކޯވިޑް-19ގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ ލަސް ނުކުރައްވައި ކަމާ ބެހޭ ފަރާތްތަކަށް އެންގެވުމަށް ކޫއްޑޫ ފިޝަރީސް ކޮމްޕްލެކްސްއިން  ވަނީ އިލްތިމާސްކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް