Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އަދަދުތައް ދަށަށް: މިއަދު ފައްސިވީ 133 މީހުން

އަދަދުތައް ދަށަށް: މިއަދު ފައްސިވީ 133 މީހުން

ރާއްޖެއިން މިއަދު އިތުރު 133 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ. އޭގެތެރެއިން 43 މީހުން ފައްސިވީ މާލެއިންނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު އަތޮޅުތެރެއިން މި ބައްޔަށް ފައްސިވީ 72 މީހުންނެވެ. އަދި ހިންގަމުން އަންނަ ރިސޯޓުތަކުން 13 މީހަކު ފައްސި ވެފައިވާ ކަމަށާއި ތަރައްޤީ ކުރަމުން އަންނ ރަށްތަކުން 5 މީހަކު މި ބައްޔަށް ފައްސި ވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 73،931 މީހުންނެވެ.

Advertisement
Allied Insurance — Square (box)

ބަލިން ފަސޭހަވެފައިވަނީ 70،325 މީހުންނެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 213 މީހުން ވަނީ ނިޔާވެފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް