ޚަބަރު

ލާމު އަތޮޅުން އިއްޔެ ކޮވިޑަށް ފައްސިވީ އެންމެ މީހެއް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
Fonadhoo ފޮނަދޫ ލާމު laamu
ލ.ފޮނަދޫ މަތިން ނަގާފައިވާ ފޮޓޯއެއް.

އިއްޔެ ލާމުއަތޮޅުން ކޮވިޑް19އަށް ފައްސިވީ އެންމެ މީހެއްކަމަށް ގަމު ރީޖަނަލް ހޮސްޕިޓަލް (ޖީއާރުއެޗް)ގެ އަދާ ހަމަތަކުން ދައްކައިފިއެވެ.

Ads by MWSC

ޖީއާރުއެޗުން މިއަދު އާއްމުކުރި އަދާހަމަތަކުން ދައްކާގޮތުގައި އެ އަތޮޅުން މިއަދު ކޮވިޑް 19އަށް ފައްސިވި މީހާއަކީ އެއަތޮޅު ގަމުން ފައްސިވީ މީހެކެވެ. މިއާ އެކު ގަމުގައި މި ވަގުތު ވެސް ކޮވިޑް ޖެހިފައި ތިބި 16 މީހުން އެބަތިއްބެވެ. އަދި ގަމުން މިހާތަނަށް 341 މީހަކަށް މިބަލި ޖެހިފައިވާއިރު 322 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މުޅި ލާމު އަތޮޅުގެ ނަމްބަރުތައް ދައްކާގޮތުގައި ލާމު އަތޮޅުން މިހާތަނަށް ފައްސިވީ 1443 މީހުންގެ ތެރެއިން 1364 މީހަކު ބަލިން ރަނގަޅުވެ ހަރަކާތްތެރި ވޭދަނައިގެ އަދަދު 70އަށް ދަށްވެފައިވެއެވެ.

އެންމެގިނަ ހަރަކާތްތެރި ވޭދަނަ ހުރީ އެ އަތޮޅުގެ މާވަށުގައެވެ. އެއީ 27 ހަރަކާތްތެރި ވޭދަނައެވެ. މީގެ އިތުރުން ފޮނަދޫގައި 17 ހަރަކާތްތެރި ވޭދަނަ ވާއިރު އިސްދޫގައި 5 ހަރަކާތްތެރި ވޭދަނަވެއެވެ، ކަލައިދޫ އަދި މާބައިދޫން ކުރެ ކޮންމެރަށަކު ހަރަކާތްތެރި 3 ވޭދަނަ ވެއެވެ.

ލާމުއަތޮޅުން މިހާތަނަށް ކޮވިޑް-19 ޖެހިގެން 8 މީހަކު ވަނީ ނިޔާވެފައެވެ. އެއީ ގަމުން ނިޔާވި 3 މީހަކާއި މާވަށުން ނިޔާވި ދެމީހުންނާއި މާންދޫއިން ނިޔާވި މީހަކާއި ކަލައިދޫއިން ނިޔާވި މީހެއްގެ އިތުރުން ހިތަދޫއިން ނިޔާވި މީހެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!