Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ހަމަލާދިން މީހުންގެ ވަކީލުން ލީގަލް ޗެމްބާރސްއިން ނެގުމަކީ ކަންބޮޑުވުމެއް: ނަޝީދުގެ އާއިލާ

ހަމަލާދިން މީހުންގެ ވަކީލުން ލީގަލް ޗެމްބާރސްއިން ނެގުމަކީ ކަންބޮޑުވުމެއް: ނަޝީދުގެ އާއިލާ

މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ ދިން މީހުންގެ ދިފާއީ ވަކީލުންގެ ގޮތުގައި އުސްތާޛް މުހައްމަދު ރާގިބްގެ ލީގަލް ފާމް ލީގަލް ޗެމްބާރސްއިން ހަމަޖެއްސުމުން ރައީސް ނަޝީދުގެ އާއިލާއިން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެގޮތުން ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަލްއުސްތާޒް މުޙައްމަދު ރާގިބްގެ ލީގަލް ޗެންބާރސްގެ ވަކީލުން ކަމުގައިވާ އާސިފްއާއި ޝަޒީމް، ރައީސް ނަޝީދަށް ދިން ހަމަލައިގެ ތުހުމަތުވާ މީހުންގެ ވަކީލުންގެ ގޮތުގައި މަަސައްކަތް ކުރުމަކީ ކަންބޮޑުވާ ކަމެއްކަމަށާއި ރާގިބްއަކީ ކުރިން ގާޒީ ކަމުން ވަކިކޮށްފައިވާ ބޭފުޅެއް ކަމަށެވެ. އަދި އޭނާއަކީ ރައީސް ނަޝީދާ ޒާތީ ގޮތުން ޖައްސައިލައިފައި ހުންނަ މީހެއްކަމަށް ވެސް ނާޒިމް ސައްތާރު ވަނީ ތުހުމަތު ކުރައްވައިފައެވެ.

https://twitter.com/nazimsat/status/1410840662488981509

Advertisement
Ooredoo — Truecaller (box)

މިކަމާ ގުޅޭ ގޮތުން "ދެން" އަށް މައުލޫމާތު ދެއްވަމުން އަލްއުސްތާޛު ރާގިބު ވިދާޅުވީ ކޮންމެ ކްލައިންޓެއްގެ ދިފާޢުގައި ވަކާލާތު ކުރުމުގެ ޙައްޤު ލިބިގެންވާ ކަމަށް، ޤާނޫނީ ވަކީލެއްގެ ޒިންމާތަކުގެ ތެރޭގައި އޮންނަ ކަމަށެވެ.

"ޤާނޫނީ ވަކީލެއްގެ ގޮތުގައި ހުވާ ކޮށްފައި ހުންނައިރު އޭނަ މަސައްކަތް ކުރަން ކޮންމެހެން ޖެހޭނީ ވަކި ބަޔަކު، ވަކި ލޭބަލެއް ޖެހި، ވަކި ވައްތަރެއްގެ ކުށްކުރާ މީހަކަށް ނޫން" ރާގިބް ވިދާޅުވިއެވެ.

އަލްއުސްތާޒް ރާގިބް އިތުރަށް ވިދާޅުވީ ނާޒިމް ސައްތާރު ދައްކަވާފައި މިވަނީ ވަރަށް ނާތަހުޒީބު ވަރަށް ޒިންމާދާރުކަން ކުޑަ، ޚުދުމުހުތާރު އަދި ތަންދޮރު ނުދަންނަ ޖާހިލު މީހުން ދައްކައި ކަހަލަ ވާހަކަތަކެއް ކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވަނީ މުޖާޒް އަހުމަދު، ތަހުމީން އަހުމަދު، އަދުހަމް އަހުމަދު ރަޝީދުގެ އިތުރުން އަހުމަދު ފާތިހު އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމެވެ.

މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ސަބަބުން ލިބުނު އަނިޔާތަކަށް ޖަރުމަނުން ފަރުވާ ހޯއްދެވުމަށް ފަހު އިތުރު ފަރުވާ ހޯއްދެވުމަށް މިހާރު އެމަނިކުފާނު ހުންނެވީ އިގިރޭސިވިލާތުގައެވެ. ޖަރުމަނުގައި ރައީސް ނަޝީދުގެ ފުރަތަމަ ސަރޖަރީ ކުރެއްވީ މިމަހުގެ 11 ވަނަ ދުވަހުއެވެ. އެއަށް ފަހު މި މަހުގެ 17 ވަނަ ދުވަހު ދެވަނަ ސަރޖަރީއެއް ކުރެއްވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް