Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އިންޑިއާ އެމްބަސީ ގޮއްވައިލާނެ ކަމަށް ބުނި ޓުވިޓާ އެކައުންޓު ސަސްޕެންޑު ކޮށްފި

އިންޑިއާ އެމްބަސީ ގޮއްވައިލާނެ ކަމަށް ބުނި ޓުވިޓާ އެކައުންޓު ސަސްޕެންޑު ކޮށްފި

ރާއްޖޭގައި ހުންނަ އިންޑިއަން އެމްބަސީ ގޮއްވައިލާނެ ކަމަށް ބުނި ޓުވިޓާ އެކައުންޓު ސަސްޕެންޑް ކޮށްފިއެވެ.

ހައިކޮމިޝަން އޮފް އިންޑިއާ ގޮއްވައިލާނެ ކަމަށް ބުނެ ޓުވީޓު ކޮށްފައި ވަނީ، "ރޯޔަލް ހަސަން ތަކުރު" ނަމަކަށް ކިޔާ ޓުވިޓާ އެކައުންޓަކުންނެވެ. އެ އެކައުންޓުން ކުރި ޓުވީޓުގައި ބުނެފައި ވަނީ، އިންޑިއަން ހައިކޮމިޝަން ގޮއްވައިލާން ބާރުގަދަ ގޮވާ ޒާތުގެ "އާރުޑީއެކްސް" ބޭނުންވާ ކަމަށެވެ.

އޭނާ އެ ޓުވީޓު ކުރިތާ މާ ގިނަ އިރުތަކެއް ނުވަނީސް އެ އެކައުންޓު ވަނީ ސަސްޕެންޑް ކޮށްފައެވެ.

Advertisement
Allied — Dhen Online (box)

އެެމްބަސީ ގޮއްވައިލާނެ ކަމަށް ބުނެ ޓުވީޓުކޮށްފައި ވަނީ، ތަނުގެ އިސްވެރިންގެ ކަރާމަތަށް ރާއްޖޭގެ ބައެއް މީޑިއާތަކުންނާއި މީސް މީޑިއާގެ އެކި މަންސަތަކުން ހަމަލާ ދޭ ކަމަށްބުނެ އެކަން ހުއްޓުވައި އެކަމަށް ފިޔަވަޅު އަޅައިދިނުމަށް އެދި އިންޑިއާއިން ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވައިފައިވާ ދަނޑިވަޅެއްގައެވެ.

މި މައްސަލަ ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ސަމާލުކަމަށް އައުމާ އެކު މިހާރު އެ މައްސަލަ މީޑިއާ ކައުންސިލަށް ވެސް ވަނީ ހުށަހަޅައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް