މާލެއިން ފައްސިވީ 26 މީހުންނާ އެކު މިއަދު ފައްސިވީ ޖުމްލަ 143 މީހުން
ރާއްޖެއިން މިއަދު އިތުރު 143 މީހުން ކޮވިޑް-19 އަށް ފައްސި ވެެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 26 މީހުންނެވެ. އަތޮޅުތެރެއިން މި ބައްޔަށް ފައްސިވީ 104 މީހުންނެވެ. އަދި ހިންގަމުން އަންނަ ރިސޯޓުތަކުން ފައްސިވީ 8 މީހަކާއި ތަރައްޤީ ކުރަމުން އަންނަ ރަށްރަށުން 5 މީހެއް ކަމަށް ވެސް ހިސާބުތަކުން ދައްކައެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 74،074 މީހުންނެވެ.
ބަލިން ފަސޭހަވެފައި ވަނީ 70،490 މީހުންނެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވެފައި ވަނީ 213 މީހުންނެވެ.
މީގެ އިތުރުން 23 މީހަކަށް ހޮސްޕިޓަލްތަކުގައި ފަރުވާދެމުން އެބަގެންދެއެވެ.
Ads by Allied Insurance