Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ބިންދައިގެން ދިޔަ ދޯނީގައި 25 މަސްވެރިން ތިބި!

ބިންދައިގެން ދިޔަ ދޯނީގައި 25 މަސްވެރިން ތިބި!

ކަނޑުމެދަށް މިއަދު ހެނދުނު ބިންދައިގެން ދިޔަ "މޯހިރި" ނަމަކަށް ކިޔާ ދޯނީގައި 25 މަސްވެރިން ތިބި ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވި ގޮތުގައި ބިންދައިގެން ގޮސްފައި ވަނީ، ގއ. ދެއްވަދޫގެ އުތުރުން 8.95 ނޯޓިކަލް މޭލު ބޭރުން، 25 މީހުންނާ އެކު ދަތުރު ކުރި ފައިބަރު ދޯންޏެކެވެ.

އެ ދޯނީގެ މެދުން ބިންދައިގެން ގޮސްގެން އެމްއެންޑީއެފް އެސްއޭ، ކޯސްޓްގާޑް ސްކޮޑްރަނުން ހަރަކާތްތެރިވަމުން ދާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

Advertisement
Ooredoo — Square (box)

މި ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިއަދު ހެނދުނު 7:11 ހާއިރެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް