Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޑރ. އިޔާޒްގެ ރައްދު ރައީސް ނަޝީދަށް: ވެރިކަމަށް ވަޑައިގަތުމަށް ގެންގުޅުއްވާ ހުވަފެން ދޫކޮށްލައްވާ!

ޑރ. އިޔާޒްގެ ރައްދު ރައީސް ނަޝީދަށް: ވެރިކަމަށް ވަޑައިގަތުމަށް ގެންގުޅުއްވާ ހުވަފެން ދޫކޮށްލައްވާ!

ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ރާއްޖޭގެ ވެރިކަމަށް އަލުން ވަޑައިގަތުމަށް ގެންގުޅުއްވާ ހުވަފެން ދޫކޮށްލެއްވުމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަތީފު ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވެފައި ވަނީ ރައީސް ނަޝީދު ޓްވިޓާގައި ގެންގުޅުއްވާ ނުރަސްމީ އައިޑީކަމަށް ބުނާ ، އެލެކްސް އަހުމަދުގެ އެކައުންޓުން މިއަދު ކުރައްވައިފައިވާ ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.

ރައީސް ނަޝީދުގެ އެ ޓްވީޓުގައި ވިދާޅުވެފައި ވަނީ މީސް މީޑިއާގެ ސާވޭއަކުން ސާފު ވަނީ، "އިންޑިއާ އައުޓް" އާއި "އެފްޖީއެމް" އަދި "ނަފްރަތުގެ ބިލާ" ދެކޮޅު ހަދާ މީހުންގެ 92% މީހުންނަކީ އެއް ބައެއް ކަމެވެ.

Advertisement
Ooredoo — Square (box)

"އެފަދަ މީހުންގެ ތާއީދު ހޯދައިގެން އަޅުގަނޑު ކުރަން ބޭނުންވާ ސިޔާސީ މަސައްކަތެއް ނެތް" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދުގެ އެ ޓްވީޓަށް ރައްދު ދެއްވަމުން ޑރ. އިޔާޒް ވިދާޅުވީ އެމަނިކުފާނު ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމަށް ގެންގުޅުއްވާ ހުވަފެން ދޫކޮށްލެއްވުމަށާއި އިރާދަކުރެއްވިއްޔާ ދެން އެކަން ނުވާނެ ކަމަށެވެ.

https://twitter.com/dr_iyaz/status/1410958806310219776?s=20

މީގެއިތުރުން ޑރ. އިޔާޒް މިއަދު ކުރެއްވި އެހެން ޓްވީޓުތަކެއްގައި ވަނީ ނަފްރަތުގެ ބިލާ ދެކޮޅަށް ރައްޔިތުން ކުރަމުންދާ މަސައްކަތް ފަނޑުވިޔަ ނުދިނުމަށް ގޮވައިލައްވައިފައެވެ.

"މިހާރު ރައްޔިތުންގެ މަޖިލީހުގައި
އޮތް 'ޝައިޠާނީ ބިލް'އާ ދެކޮޅަށް ރައްޔިތުން ކުރަމުންގެންދާ މަސައްކަތް ފަނޑުވިޔަ ނުދީ ހިފެހެއްޓުމަށް އިލްތިމާސް ކުރަން. ކޮންމެ ބޭފުޅެއް ވެސް އެ ބޭފުޅެއްގެ ދާއިރާ މެމްބަރަށް ދަންނަވާ" ޑރ. އިޔާޒް ވިދާޅުވިއެވެ.

https://twitter.com/dr_iyaz/status/1411169406516748288?s=20

މީގެއިތުރުން ޑރ. އިޔާޒް ވިދާޅުވީ މަޖިލީހުގައި އޮތް ޝައިޠާނީ ބިލްގެ "ފޯކަސް" ގެއްލުވާލުމަށް "ލާދީނީ މީހުން" ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދަވާ ކަމަށެވެ. އަދި މި ބިލު ފާސްވެގެން ގާނޫނަކަށް ވެއްޖެނަމަ އެއީ "ލާދީނީ މީހުންނަށް" ލިބޭ ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި ހުރިހާ ބޭފުޅުން ވެސް އެބިލާ ދެކޮޅު ހެއްދެވުމަށް ޑރ. އިޔާޒް ގޮވައިލައްވައިފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް