ޚަބަރު

މަފްތޫހު އަނެއްކާ ވެސް ހައްޔަރު ކޮށްފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
ފޮޓޯ: ސަން

ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ތުހުމަތުކޮށް އައްޑޫ ސިޓީން ހައްޔަރު ކުރި މީހަކު ސުޕްރީމް ކޯޓުން ދޫކޮށްލައިފައިވަނިކޮށް އަނެއްކާވެސް ހައްޔަރު ކޮށްފިއެވެ.

Ads by Hajj Corporation

އައްޑޫ ސިޓީން ހަރުކަށި ފިކުރުގެ ނުވަ މީހަކު ހައްޔަރު ކޮށްފައިވާއިރު މީނާއަކީ އޭގެ ތެރެއިން އެކަކު ކަމަށްވާ މަފްތޫހު ސައީދުއެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކޮށްފައި ވަނޫ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ފުލުހުން ވިދާޅުވީ މަފްތޫހުގެ ބަންދަށް 14 ދުވަސް ޖަހައިފައިވާ ކަމަށެވެ.

މަފްތޫހު އެންމެ ފުރަތަމަ ހައްޔަރު ކޮށްފައި ވަނީ އޭނާގެ މައްޗަށް ހަރުކަށި ފިކުރު ފެތުރުމަށް ޓަކައި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ، އައިއީޑީ ހެދުމަށް ބޭނުންކުރާ ތަކެތި ރައްކާކޮށްގެން ގެންގުޅެ، އެ ތަކެތި ބޭނުންކޮށްގެން ބަޔަކަށް ނުވަތަ ބައެއްގެ މުދަލަށް ގެއްލުމެއް ދީފާނެ ކަމުގެ ތުހުމަތު ކުރެވިގެންނެވެ.

އައްޑޫ ސިޓީން ޓެރަރިޒަމްގެ ތުހުމަތުގައި ނުވަ މީހުން ހައްޔަރު ކޮށްފައި ވަނީ މިދިޔަ މާރޗު މަހުގެ 15 ވަނަ ދުވަހުއެވެ. ދަށު ކޯޓުން އެ ނުވަ މީހުން ވެސް ދޫކޮށްލުމަށް އަމުރު ކުރުމުން ދޫކޮށްލީއެވެ. މަފްތޫހުގެ ފަރާތުން ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފް ކޮށްފައެވެ. ނަމަވެސް އޭނާގެ ބަންދު އަމުރު ސުޕްރީމް ކޯޓުން މިދިޔަ ބުދަ ދުވަހު ވަނީ ބާތިލްކޮށްފައެވެ.

ފުލުހުން އަނެއްކާ ވެސް މަފްތޫހު ހައްޔަރު ކޮށްފައި ވަނީ، އޭނާއަކީ ހަރުކަށި ފިކުރު ފަތުުރާ މީހެއް ކަމަށް ތުހުމަތު ކުރެވިގެންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!