ޚަބަރު

ހާލަތު ގޯސްވުމުން ތިނަދޫގައި ފިޔަވަޅުތައް ވަރުގަދަކޮށްފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ގދ. ތިނަދޫގައި ކޮވިޑުގެ ހާލަތަށް އެއްވެސް ކުރިއެރުމެއް ނައުމުގެ ސަބަބުން އެރަށުގައި އަޅައިފައިވާ ފިޔަވަޅުތައް އެއް ހަފްތާއަށް ދިގު ދަންމައިލާން ނިންމައި އިތުރު ފިޔަވަޅުތަކެއް އަޅައިފިއެވެ.

Ads by Hajj Corporation

ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރަށުގައި ކޮވިޑްގެ ހާލަތަށް އަދުވެސް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި، އެހެންކަމުން އޭރު އަޅައިފައިވާ ފިޔަވަޅުތަކުގެ އިތުރުން އިތުރު ފިޔަވަޅުތަކެއް އަޅައިފައިވާ ކަމަށެވެ.

އެރަށުގައި އަޅައިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި:

  • ކޮންމެ ގެއަކަށް ވެސް ދޫކޮށްފައިވާ ހައުސްހޯލްޑް ޕާމިޓު 1 ހަފްތާއަށް ކެންސަލް ކޮށްލުން
  • ކަސްރަތު ކުރުމަށް ކުރިން ދީފައިވާ ގަޑިތައް ހުއްޓާލުން
  • އެޗްޕީއޭއިން އަންގައިފައިވޤ ގޮތަށް ސަަރުކާރު އިދާރާތަކުންދޭ ޒަރޫރީ ޚިދުމަތްތައް ދިނުމަށް ، އޮފީސްތަކަށް ވީ އެންމެ މަދުން މުވައްޒަފުން ނެރެގެން ހިދުމަތް ދިނުން
  • އަމިއްލަ ކާރުތަކުގައި ދުއްވުން މަނާ ކުރުން
  • ފުލުހުން ދޭ ޓައިންބައުންޑް ޕާމިޓް ނެތް ފަރާތްތަކަށް ޓެކްސީގެ ހިދުމަތްދޭ ކާރުތަކުން ހިދުމަތް ނުދިނުން، އަދި އެފަދަ ހުއްދައެއް ނެތި ހިދުމަތް ދޭ ޓެކްސީތަކުގެ ހުއްދަ އެއް ހަފްތާއަށް ހިފެހެއްޓުން
  • ފިހާރަތަކުގެ ހިދުމަތްތައް ހެނދުނު 8:00 އިން ރޭގަނޑު 9:00 އަށް ދިނުމުގައި ވެެސް ޑެލިވަރީގެ ހިދުމަތް ދިނުން. ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް އާންމުކޮށް ހުޅުވާ ފިހާރައެއް ނަމަ އެއް ހަފްތާއަށް އެތަން ބަންދު ކުރެވޭނެއެވެ، އަދި ޑެލިވަރީ ފާސް ހިފައިގެން އެހެނިހެން ކަންކަމުގައި ބޭރުގައި އުޅޭ ނަމަ ފާސްް ކެންސަލް ކުރެވޭނެއެވެ.
  • ހޮޓާ / ރެސްޓޯރެންޓު ފަދަ ތަންތަނުގެ ހިދުމަތްތައް ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް ދިނުމުގައި ވެެސް ޑެލިވަރީގެ ހިދުމަތް ދިނުން. ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް އާންމުކޮށް ހުޅުވާ ކެފޭއެއް ނުވަތަ ރެސްޓޯރެންޓެއް ނަމަ އެއް ހަފްތާއަށް އެތަން ބަންދު ކުރެވޭނެއެވެ، އަދި ޑެލިވަރީ ފާސް ހިފައިގެން އެހެނިހެން ކަންކަމުގައި ބޭރުގައި އުޅޭ ނަމަ ފާސްް ކެންސަލް ކުރެވޭނެއެވެ.
  • ކަނޑު މަސްވެރިކަން ކުރާ ދޯނިތައް މަހަށް ފުރުމަށް ފަހު އަނބުރާ ރަށަށް އައިސް ރަށުތެރެއަށް ނޭރޭނެ ގޮތަށާއި، އެނޫން އެހެން މަސްވެރިކަން އެއް ހަފްތާއަށް ހުއްޓާލުން
  • ސަރުކާރުން ހުއްދަ ދީފައިނުވާ އެންމެހާ މަސައްކަތްތައް އެއް ހަފްތާއަށް ހުއްޓާލުން

ތިނަދޫގައި ކޮވިޑްގެ ހާލަތު ގޯސްވެ އެ ރަށުން ފައްސިވީ އަދަދު ވަނީ 700އިން މައްޗަށް އަރައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!