Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އެމްއެންޔޫއަށް ކުރިމަތިވެފައިވާ ދެރައަކީ ސިޔާސީ އެކްޓިވިސްޓަކު ވީސީކަމަށް އައްޔަން ކުރުން: ޑރ. އިޔާޒް

އެމްއެންޔޫއަށް ކުރިމަތިވެފައިވާ ދެރައަކީ ސިޔާސީ އެކްޓިވިސްޓަކު ވީސީކަމަށް އައްޔަން ކުރުން: ޑރ. އިޔާޒް

ރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އަށް ކުރިމަތިވެފައިވާ ހުރިހާ ވެސް ދެރައަކީ، އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ (ވީސީ)ކަމުގެ މަޤާމަށް މުޙައްމަދު ޝަރީފު ފަދަ ސިޔާސީ އެކްޓިވިސްޓަކު އައްޔަން ކުރުން ކަމަށް ވިދާޅުވެ، ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒު ޢަބްދުއްލަތީފު ފާޑު ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވީ ޝެއިޚް އަލީ ޒާހިރު ބިން ސައީދު ކުރެއްވި ޓްވީޓަކަށް ކޮމެންޓު ކުރައްވަމުންނެވެ.

ޝެއިޚް ޒާހިރުގެ ވިދާޅުވީ އެމްއެންޔޫގެ ދަރިވަރުންނަކީ މުޅި ޤައުމު ފަޚުރުވެރިވާ ބައެއް ކަމަށާއި އެ ދަރިވަރުންނަކީ ޢިލްމާއި ހުނަރުގައި އަރައިތިބި ބައެއް ކަމަށެވެ.

Advertisement
Ooredoo — Square (box)

"އެކުދިންނަކީ ޤައުމު ބިނާ ކުރާ ބައެއް. ފަނާ ކުރާ ބައެއް ނޫން. ބަލައިލި ކޮންމެ ދިމާލަކުން ފެންނަނީ އެމް.އެން.ޔޫގެ ދަސްވެނިން ޤައުމަށް ޚިދުމަތް ކުރާތަން." ޝެއިޚް ޒާހިރު ވިދާޅުވިއެވެ.

https://twitter.com/dr_iyaz/status/1411597056724987914?s=20

ޝެއިޚް ޒާހިރުގެ އެ ޓްވީޓަށް ކޮމެންޓު ކުރައްވަމުން ޑރ. އިޔާޒު ވިދާޅުވީ އެމްއެންޔޫގެ ވައިސް ޗާންސެލާ ކަމުގެ މަގާމަށް ޝަރީފު އައްޔަން ކުރުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ކުރެއްވުނު ދެރަވަރު ކަމެއް ކަމަށާއި އެއީ ބަދަލު ކުރައްވަން ޖެހޭ ކަމެއް ކަމަށެވެ.

މީގެއިތުރުން ޑރ. އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުޅި އެމްއެންޔޫގައި އޮތީ ޑެޕިއުޓީ ވައިސް ޗާންސެލާ ޙުސެއިން ހަލީމްގެ "ދެ ފައި" ކަމަށެވެ. އަދި ވީސީ ޝަރީފުގެ ކަމަކީ ފަހަރަކު ކެންޓީނަކުން ސައިބުއިން ކަމުގައި ވެސް ޑރ. އިޔާޒް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް