Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކޮވިޑް-19: މާލެއިން މިއަދު ފައްސިވީ 26 މީހުން!

ކޮވިޑް-19: މާލެއިން މިއަދު ފައްސިވީ 26 މީހުން!

ރާއްޖެއިން މިއަދު އިތުރު 127 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 26 މީހުންނެވެ. އަތޮޅުތެރެއިން މި ބައްޔަށް ފައްސިވީ 79 މީހުންނެވެ. އަދި ހިންގަމުން އަންނަ ރިސޯޓުތަކުން ފައްސިވީ އިތުރު 6 މީހަކާއި ތަރައްޤީ ކުރަމުން އަންނަ ރަށްރަށުން 3 މީހެއްގެ އިތުރުން އިންޑަސްޓްރިއަލް ރަށްރަށުން 13 މީހަކު ވެސް ފައްސި ވެފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ.

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 74،351 މީހުންނެވެ.

Advertisement
Allied — Dhen Online (box)

ބަލިން ފަސޭހަވެފައި ވަނީ 70،889 މީހުންނެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 213 މީހުން ނިޔާވެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް