Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ރައްޔިތުންގެ މަޖިލިސް

ރާއްޖޭގައި އަޅަމުންދަނީ "ތާޖް މަހަލް" ފަދަ ރީތި އިންޖީނުގެތަކެއް: ފިރުޝާން

ރާއްޖޭގައި އަޅަމުންދަނީ "ތާޖް މަހަލް" ފަދަ ރީތި އިންޖީނުގެތަކެއް: ފިރުޝާން

ރާއްޖޭގެ ރަށްރަށުގައި އަޅަމުންދާ އިންޖީނުގެތަކަކީ "ތާޖް މަހަލް" ފަދަ ރީތި އިންޖީނުގެތަކެއް ކަމަށް މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.

ފިރުޝާން މިހެން ވިދާޅުވީ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ހުސައިން ހުށަހަޅުއްވައިފައިވާ ، ސްޓެލްކޯގެ ޖަނަރޭޓަރުތަކާއި ދުންހޮޅިތައް އަދި ތާނގީތައް މީހުން ދިރިއުޅޭ ސަރަހައްދާ މާ ގާތުގައި ބެހެއްޓުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ހައްލެއް ހޯދައިދިނުމުގެ ގަރާރަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރައްވަމުންނެވެ.

ފިރުޝާން ވިދާޅުވީ، މި މައްސަލައަކީ ރަށްރަށުގައި ވެސް ދިމާވާ ބޮޑު މައްސަލައެއް ކަމަށާއި، މި މައްސަލައިގެ ސަބަބުން ސިއްހީ އެތައް ގެއްލުންތަކަކާ ކުރިމަތި ލާން ޖެހޭ ކަމަށެވެ. އަދި މިކަމަކީ އަންދާޒާ ވެސް ނުކުރެވޭ ވަރުގެ ގެއްލުން ރައްޔިތުންނަށް ލިބިގެންދާނެ ކަމެއް ކަން ފާހަގަ ކުރައްވާ ފިރުޝާން ވިދާޅުވީ އެކަމަށް ވީހާ ވެސް އަވަހަށް ހައްލެއް ހޯދަން ޖެހޭ ކަމަށެވެ.

Advertisement
Allied Insurance — Square (box)

މީގެ އިތުރުން މީހުން ދިރި ނޫޅޭ ސަރަހައްދުތަކަށް އިންޖީނުގެތައް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި، ރަށްރަށުގެ ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ކުންފުނި ފެނަކައިން މިހާރު ރާއްޖޭގެ ރަށްރަށުގައި 'ތާޖު މަހަލް' ފަދަ ރީތި އިންޖީނުގެތަކެއް އަޅަމުންދާކަން ފާހަގަކޮށް ފިރުޝާން ވިދާޅުވީ، އެ ބަދަލު އެހެން ކުންފުނިތަކުން ވެސް ގެންނަން ޖެހޭ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް