Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޖެންޑާއިން ނޫސްތަކަށް ފިޔަވަޅު އަޅަނީ ގޯހުން: އެމްއެމްސީ

ޖެންޑާއިން ނޫސްތަކަށް ފިޔަވަޅު އަޅަނީ ގޯހުން: އެމްއެމްސީ

ރަހީނުކޮށް މަރައިލި އުމުރުން 13 އަހަރުގެ ކުއްޖާގެ މައްސަލައިގެ ޚަބަރު ފެތުރި ގޮތުން ޖެންޑާ މިނިސްޓްރީން ބައެއް މީޑިއާތަކާ މެދު އަމަލު ކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ވިދާޅުވެއްޖެއެވެ.

އުމުރުން 13 އަހަރުގެ ކުއްޖާގެ ހާދިސާގެ ޚަބަރުތައް ފެތުރި ގޮތާ ގުޅިގެން ޖެންޑާ މިނިސްޓްރީން ވަނީ "އަވަސް އޮންލައިން" 2000 ރުފިޔާއިން ޖޫރިމަނާކޮށް އިތުރު މީޑިއާތަކަކަށް އިންޒާރު ދީފައެވެ.

އެ މައްސަލައިގައި އެމްއެމްސީގެ މެމްބަރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހާޒިރުކޮށް އެ މެމްބަރުނާ މިއަދު ވަނީ ސުވާލު ކުރައްވައިފައެވެ.

Advertisement
Allied Insurance — Square (box)

އެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އެމްއެމްސީގެ ރައީސް ޝަހުބާން ފަހުމީ ވިދާޅުވީ މީޑިއާ ހައުސްތައް ޖޫރިމަނާ ކުރުމަކީ އެމްއެމްސީން ގަބޫލު ކުރާ ކަމެއް ނޫން ކަމަށާއި ތަރައްގީ ވެފައިވާ ގައުމުތަކާއި ނޫސްވެރިކަމުގެ މިނިވަންކަން އޮތް ގައުމުތަކުގައި ވެސް މީޑިއާތައް ޖޫރިމަނާ ކުރުމަކީ ތަރުހީބު ދޭ ކަމެއް ވެސް ނޫން ކަމަށެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރު އައުމަށް ފަހު އެންމެ ފުރަތަމަ ވެސް ނިންމި ކަމަކީ ނޫސްވެރިން ޖޫރިމަނާ ކުރަން ކުރީގެ ސަރުކާރުން ހެދި ގާނޫނެއް އުވާލުންކަން ފާހަގަ ކުރައްވަމުން ޝަހުބާން ވިދާޅުވީ މިހާރު ނޫސްވެރިން ޖޫރިމަނާ ކުރަން ފެށުން އެމްއެމްސީއަށް ބަލައިގަންނަން ދަތިވާ ކަމަށެވެ.

"ގާނޫނު ބުނާގޮތުން ޖެންޑާ މިނިސްޓަރަށް މީޑިއާތަކަށް ފިޔަވަޅު އެޅޭނީ ތަހުގީގު ކުރުމަށް ފަހުގައި. ޖޫރިމަނާ ކުރުމާ އެމްއެމްސީން ދެކޮޅު ހެދި މައިގަނޑު ސަބަބަކީ ތަހުގީގު ކުރުމެއް ނެތި އަދި ޖަވާބުދާރީ ވުމުގެ ފުރުސަތު ނުދީ ޖޫރިމަނާ ކުރުމުން" އެމްއެމްސީގެ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަހުބާން ވިދާޅުވީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވައިދު ބުނާ ގޮތުން މީޑިއާތަކުން ޚަބަރު ގެނައުމުގެ އުސޫލާ ހިލާފު ވެއްޖެނަމަ އެކަން ރެގިއުލޭޓްރީ ބޮޑީއަކަށް ޖެންޑާ މިނިސްޓްރީން ހުށަހަޅަން ޖެހޭނެ ކަމަށާއި ނަމަވެސް ޖެންޑާ މިނިސްޓްރީން އެގޮތަށް އަމަލު ކޮށްފައި ނުވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް