Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ރައްޔިތުންގެ މަޖިލިސް

ފަންޑުކުރި މީހުން ހޯދަން ކުރާ މަސައްކަތް ކުޑަ، ތަހުގީގަށް ހުރަސް އަޅައިގެން ނުވާނެ : ރައީސް ނަޝީދު

ފަންޑުކުރި މީހުން ހޯދަން ކުރާ މަސައްކަތް ކުޑަ، ތަހުގީގަށް ހުރަސް އަޅައިގެން ނުވާނެ : ރައީސް ނަޝީދު

މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ބޮމެއް ގޮއްވައިލާ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ނިރުބަވެރި ހަމަލާއަށް ހަރަދުކުރި މީހުން ހޯދުމަށް މިހާތަނަށް ކުރެވުނު މަސައްކަތް ކުޑަކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

މިރޭގެ އާސްކު ސްޕީކާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ ހަމަލާއާ ގުޅިގެން ފުލުހުން ފުރަތަމަ ހާމަކުރި މައުލޫމާތުތަކާ މެދު ވެސް ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ނަޝީދު ވިދާޅުވީ ހަމަލާގެ ކުރީން އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެފައި ވަނިކޮށް އެ ހަމަލާގައި ކުރީން ފުލުހުގައި އުޅުނު މީހަކު ބައިވެރިވާކަން ހާމަވުމުން އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެ މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު އިޝާރާތް ކުރެއްވީ ހަމަލާއާ ގުޅިގެން ދަރަވަންދޫން ހައްޔަރުކުރި ފާތިހުއަށެވެ. އޭނާއަކީ މީގެ 6 މަސްކުރިން ފުލުހުންގެ ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމަށް ވިދާޅުވި ނަމަވެސް އެކަން ޔަގީން ނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ތަހުގީގަށް ހުރަސް އަޅައިގެން ނުވާނެ ކަމަށާއި  އިންސާފަކީ ވަރަށް ފާޑެއްގެ އެއްޗެއް ކަމަށެވެ، އަދި އިންސާފު ހޯދުމަކީ އުނދަގޫ ކަމެއް ކަމަށް ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އެކި ފަހަރު މަތިން އެކިއެކި އަނިޔާ ލިބިފައިވާ ކަމަށާއި އަދި އެކި ފަހަރަށް ޖަލުގައި ވެސް އެތައް ދުވަހަކު އޮންނަށް ޖެހިވަޑައިގަތް ކަމަށެވެ.

"އެއީ ހޯމް މިނިސްޓަރު ވިޔަސް، ރައީސް ވިޔަސް އަދި އެހެން މީހަކު ވިޔަސް، ތަހުގީގަށް ބާރު [ނުފޫޒު] ފޯރުވައިގެން ނުވާނެ. ތަހުގީގުން ހިންގަން ޖެހޭނީ ރަނގަޅަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް