Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރައްޔިތުން އެއްބަސް ނުވާއިރު ބަރުލަމާނީ ނިޒާމެއް އައިސްފާނެ ކަމަށް ޤަބޫލެއް ނުކުރަން: އަދުރޭ

ރައްޔިތުން އެއްބަސް ނުވާއިރު ބަރުލަމާނީ ނިޒާމެއް އައިސްފާނެ ކަމަށް ޤަބޫލެއް ނުކުރަން: އަދުރޭ

ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް އަންނަން ރައްޔިތުން ބޭނުން ނުވާ ކަމަށާއި ބަރުލަމާނީ ވެރިކަމެއް ރާއްޖެއަށް އައިސްފާނެ ކަމަށް ޤަބޫލު ނުކުރާ ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާ މިވަގުތު ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުއާ ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު ހުޅުވާލައިގެން ރޭގައި ކުރިއަށް ގެންދިޔަ "އާސްކް ސްޕީކާރ" ޕްރޮގްރާމުގައި، މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ބޭނުން ވަނީ ބަރުލަމާނީ ނިޒާމެއް ކަމަށާއި އެ މަސައްކަތް ކުރިއަށް ގެންދަވާނީ ރާއްޖޭގެ މައި ދެ ޕާޓީ ކަމުގައިވާ އެމްޑީޕީއާއި ޕީޕީއެމް ގުޅިގެން ކަމަށެވެ.

"އަޅުގަނޑަކަށް ނުފެނޭ ރިޔާސީ އިންތިޚާބެއް، ރައީސް ޔާމީން ވެސް ތާއީދު ކުރާނީ ބަރުލަމާނީ ގެންނަން ކަމަށް ގަބޫލު ކުރަން، ރައީސް ޔާމީނާ ގުޅިގެން، އެމްޑީޕީއާއި ޕީޕީއެމްގެ ތާއީދާއެކު އެ ކަން ކުރަންވީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

މިކަމާ ގުޅިގެން "ދެން" އިން ސުވާލު ކުރުމުން އަދުރޭ ވިދާޅުވީ ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެންނަން ރައްޔިތުން ބޭނުން ވާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.

"އެންމެ ފުރަތަމަ އަޅުގަނޑު ޤަބޫލެއް ނުކުރަން ބަރުލަމާނީ ނިޒާމަކަށް ރައްޔިތުން ވެސް ޤަބޫލު ކުރައްވާނެ ކަމަކަށް. އެހެންވީމަ ރައީސް ނަޝީދަށް އަލުން ވެރިކަން ލިބިދާނެ ކަމަށް ވެސް ޤަބޫލެއް ނުކުރަން. ޕީޕީއެމް ކުރިއަށް ދާނީ ރައްޔިތުން ބޭނުންވާ ގޮތަށް" އަދުރޭ ވިދާޅުވިއެވެ.

މީގެއިތުރުން އަދުރޭ ވިދާޅުވީ އިދިކޮޅު ސިޔާސީ ލީޑަރު ރައީސް ޔާމީން ހުންނަވާނީ ރައްޔިތުންނާ އެކު ކަމަށާއި އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދ ކުރައްވާނީ ވެސް ރައްޔިތުންނަށް ޓަކައި ކަމަށެވެ. އަދި ރައީސް ނަޝީދު މިހާރު އުޅުއްވަނީ "ސިމްޕަތީ ހޯދަން"ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް