ދުނިޔެ

ފިޔަވަޅުތަކަށް ލުއި ދީ، އިނގިރޭސިވިލާތުގައި މާސްކު އެޅުން ހުއްޓައިލަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ގޮތުން އިނގިރޭސިވިލާތުގައި މާސްކު އަޅައިގެން އުޅުން ހުއްޓައިލުމަށް ތައްޔާރުވެއްޖެއެވެ.

Ads by Sosun Fihaara

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން ބުނީ، އިންގްލޭންޑުގައި ކޮވިޑްގެ ހާލަތު މިހާރު އޮތް ވަރަށް އޮވެއްޖެނަމަ، ނުވަތަ އެއަށް ވުރެ ވެސް ރަނގަޅު ވެއްޖެނަމަ މި މަހުގެ 19 ވަނަ ދުވަހު ގިނަ ލުއިތަކެއް ދޭނެ ކަމަށެވެ.

އެގޮތުން މާސްކު އަޅައިގެން ނޫނީ ބޭރަށް ނިކުތުން މަނާކޮށްފައި އޮތް އޮތުން ބަދަލުކޮށް، މާސްކު އެޅުން މަޖުބޫރު ކުރުން ހުއްޓުމަކަށް ގެންނާނެ ކަމަށް ވެސް ބުނެފައިވެއެވެ. އޭގެ އިތުރުން، ތިން ފޫޓު ދުރުމިނުގެ ގައިދުރުކަން ބެހެއްޓުން ވެސް ހުއްޓުމަކަށް ގެނެސް، އޮފީސްތަކަށް ހާޒިރު ވެގެން މަސައްކަތް ކުރެވޭ ގޮތަށް ވެސް އުސޫލު ބަދަލު ކުރަން ނިންމައިފައިވާ ކަމަށް ވެސް ބޮރިސް ބުނެފައިވެއެވެ.

ޖުލައި މަހުގެ 19 ވަނަ ދުވަހުން ފެށިގެން މިފަދައިން ލުއި ދޭނެކަން ޔަގީން ކަމާއެކު ބުނަން އެނގޭނީ މިމަހުގެ 12 ވަނަ ދުވަހު، ނަތީޖާތަކަށް ބަލައިފައި ކަމަށް ވެސް ބޮރިސް ވަނީ އިއްޔެ ބުނެފައެވެ.

ޑައުނިންގް ސްޓްރީޓް ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަމުން ބޮރިސް އިތުރަށް ބުނީ، ސްކޫލްތައް ހުޅުވައިގެން ކިޔަވައި ދިނުމާ ގުޅޭގޮތުންނާއި ދަތުރުފަތުރު ކުރުމާއި ކަރަންޓީނު ވުމާ ގުޅޭ ގޮތުން ވެސް ލުއިތަކެއް ދެވޭނެ ކަމަށާއި އެކަންކަމުގެ ތަފްސީލު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ހާމަ ކުރާނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!