Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ

ފުލުހުންގެ ބެލުމުގެ ދަށުގައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމަށް އިއުލާނު ކޮށްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި ތަކެއްޗަކީ މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނުމުން އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެއްޗެވެ.

މިތަކެތީގެ ތެރޭގައި ހިމެނެނީ ޖޫން 22 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ,ވަގަށް ނަގައިފައިވާ ކަމަށް ބެލެވޭ ޓެބްލެޓަކާއި ޖޫން 30 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ، ވަގަށް ނަގައިފައިވާ ކަމަށް ބެލެވޭ ސީލިންގ ލައިޓުތަކަކާއި ހަމަ އެދުވަހު ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ، ވަގަށް ނަގައިފައިވާކަމަށް ބެެލެވޭ ސްކްރީން ޕްރޮޓެކްޓަރތަކެއްގެ އިތުރުން ހަމަ އެދުވަހު ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ، ވަގަށް ނަގައިފައިވާ ކަމަށް ބެލެވޭ ކަޅުދާތަކަކާއި ޖުލައި 01 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ،ވަގަށް ނަގައިފައިވާ ކަމަށް ބެލެވޭ ސެމްސަންގ ބްރޭންޑްގެ ހަ ޕަވަރ ބޭންކާއި ޖުލައި 03 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ،ވަގަށް ނަގައިފައިވާ ކަމަށް ބެލެވޭ ހީޓް ގަންއެކެވެ.

Advertisement
Allied — Dhen Online (box)

“މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާ އެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާ އެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.” ފުލުހުންގެ އިއުލާނުގައިވެއެވެ.

މިފަދަ ކަންކަމުގައި އާއްމުންގެ އެއްބާރުލުން ލިބޭތީ ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް