Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އަދާލަތު ޕާޓީއަށް 10،000 މެންބަރުން ހަމަ ކުރުމުގެ ކޭމްޕެއް

އަދާލަތު ޕާޓީއަށް 10،000 މެންބަރުން ހަމަ ކުރުމުގެ ކޭމްޕެއް

ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީއަށް 10،000 މެންބަރުން ހަމަ ކުރުމުގެ ކެމްޕޭނެއް އެ ޕާޓީން ފަށައިފިއެވެ.

އެ ޕާޓީން "ސާފު އަމާޒަކަށް" ފެށި އެ ކެމްޕޭނުގައި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އޭނާ އެންމެ ފުރަތަަމަ 2011ވަނަ އަހަރު އެ ޕާޓީއާ ހަވާލުވި އިރު ޕާޓީގައި ތިބީ 4،600 މެންބަރުން ކަމަށެވެ. އެހެން ނަމަވެސް އޭގެ އަނެއް އަހަރު އެ އަދަދު 11،000އަށް އެރުވި ކަމަށް އޭނާ ވިދާޅުވިއެވެެ.

އެ އަދަދު ދަށްވީ ބަޔަކު ރާވައިގެން 2015ވަނަ އަހަރު ގާނޫނަށް ގެނައި ބަދަލެއްގެ ސަބަބުން ކަމަށާއި ގާނޫނަށް އައި އެ ބަދަލުގެ ސަބަބުން އެ އަހަރު ޕާޓީގެ މެންބަރުންގެ އަދަދު ދަށްވީ ކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ.

Advertisement
Ooredoo — Truecaller (box)

އިމްރާން އިތުރަށް ވިދާޅުވީ އެ ގޮތަށް މަސައްކަތް ކުރަން ޕާޓީތަަކުގެ ލީޑަރުން ނޫޅޭ ނަމަ ރާއްޖެއަށް ކުރިއެރުމެއް ނެތް ކަމަށެވެ.

މީގެ އިތުރުން މި ސަރުކާރުގެ ކޯލިޝަން ދެމެހެއްޓުމަށް ޓަކައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ކުރައްވާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން އަދާލަތު ޕާޓީން މަސައްކަތް ކުރަނީ އެ ޕާޓީގެ އަމާޒު ނުގެއްލޭނެހެން ސަރުކާރަށް އެއްބާރުލުން ދީ ވާދަވެރި ސިޔާސީ ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް