Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރައީސް ނަޝީދުގެ ވެރިކަމެއް ދެން ރާއްޖެއަކުން ނުފެންނާނެ: ޑރ.ޖަމީލް

ރައީސް ނަޝީދުގެ ވެރިކަމެއް ދެން ރާއްޖެއަކުން ނުފެންނާނެ: ޑރ.ޖަމީލް

ކުރީގެ ރައީސް އަދި މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމެއް ދެން ރާއްޖެއަކުން ނުފެންނާނެކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވީ ރޭ ރައްޔިތުންގެ މަޖިލީހުގެ “އާސްކް ސްޕީކާ” ޕްރޮގްރާމުގައި، 2023ވަނަ އަހަރު ރިޔާސީ އިންތިޚާބެއް އޮވެއްޖެ ނަމަ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ ރައީސް ނަޝީދުކަމަށް އެމަނިކުފާނު އަމިއްލަފުޅަށް ވިދާޅުވެފައި ވަނިކޮށެވެ.

މީގެ އިތުރުން، ރާއްޖެއަށް ރަނގަޅީ ބަރުލަމާނީ ނިޒާމެއް ކަމަށާއި އެ ނިޒާމު ގެނައުމަށް ޓަކައި 2022ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑުވަޒީރަކަށް ވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ރައީސް ނަޝީދުގެ ވާހަކަފުޅާ ގުޅުވައިގެން ޑރ.ޖަމީލް ވިދާޅުވީ ދިވެހި ރައްޔިތުން ވެރިކަމުގެ ނިޒާމެއް ކަނޑައަޅައިފައިވާ ކަމަށެވެ. އަދި އެފަހަރު ވެސް ރައްޔިތުން ރައީސް ނަޝީދަށް ބުނީ ނޫނެކޭ ކަމަށާއި ޕާޓީ މެންބަރުން ޗާޖުކުރަން ދައްކަން ވެސް ނިޒާމުގެ ވާހަކަ މިހާރު ބައުވެފައިވާކަމަށް ޑރ.ޖަމީލް ފާހަގަ ކުރެއްވިއެވެ.

“އިންޝާالله، ރައީސް ނަޝީދުގެ ވެރިކަމެއް ރާއްޖެއަކުން ދުވަހަކު ވެސް ނުފެންނާނެ” ޑރ. ޖަމީލްގެ ޓްވީޓްގައި ލިޔުއްވައިފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް