Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ސްޓެލްކޯ ސަބް ސްޓޭޝަނަކަށް ގެއްލުންދީ ނަރުތަކެއް ވަގަށް ނެގި މީހަކު ހޯދަނީ

ސްޓެލްކޯ ސަބް ސްޓޭޝަނަކަށް ގެއްލުންދީ ނަރުތަކެއް ވަގަށް ނެގި މީހަކު ހޯދަނީ

ސްޓެލްކޯ ސަބް ސްޓޭޝަނަކަށް ގެއްލުންދީ ނަރުތަކެއް ވަގަށް ނެގި މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން ފޮޓޯ އާންމުކޮށްފިއެވެ.

ފުލުހުން ބުނީ މުދަލަށް ގެއްލުން ދިނުމާއި ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރު ކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާކަމަށެވެ.

ހާޒިރުވާން އަންގާފައިވަނީ ކ. ގުރައިދޫ، ރެއިންސް، މުޙައްމަދު ޝިހާބު އިބްރާހީމް (30އ) އެވެ. އޭނާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރަކީ A284553 އެވެ.

Advertisement
Allied Insurance — Square (box)

ފުލުހުން ބުނީ އޭނާ ހާޒިރުވާން ޖެހެނީ 2021 ޖޫން 12 ވަނަ ދުވަހު 01:32 އެހައިކަންހާއިރު ފަރީދީމަގުގައި ހުންނަ ސްޓެލްކޯ ސަބް ސްޓޭޝަނަށް ގެއްލުންދީ ކަރަންޓު ނަރުތަކެއް ވަގަށް ނަގައިފައިވާ މައްސަލައާ ގުޅިގެން ސުވާލު ކުރުމަށް ކަމަށެވެ.

2021 ޖުލައި 14 ވަނަ ދުވަހުގެ 10:00އަށް އޭނާ ހާޒިރުވާން ޖެހެނީ ޝަހީދު ޙުސައިން އާދަމް ބިލްޑިންއަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް