Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އަލިފުށި ގެއަކުން ވަގަށްނެގި ފައިސާތަކެއް ހޯދަައި ވެރިފަރާތާ ހަވާލުކޮށްފި

އަލިފުށި ގެއަކުން ވަގަށްނެގި ފައިސާތަކެއް ހޯދަައި ވެރިފަރާތާ ހަވާލުކޮށްފި

ރ. އަލިފުށީގައި ބިދޭސީއަކު ދިރިއުޅޭ ގެއަކުން ފައިސާތަކެއް ވަގަށް ނަގައިފައިވާ ކަމަށް މި ޖުލައި މަހުގެ 5 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އެ ފައިސާތައް ހޯދައިފިއެވެ.

ފުލުހުން ވިދާޅުވީ ޖުލައި 5 ވަނަ ދުވަހު އަލިފުށި ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގެ ތެރެއިން އެ ރަށުގެ ތިން ގެއެއް ބަލައި ފާސްކޮށް 19000 ރުފިޔާ ހޯދައިފައި ވާކަމަށެވެ. އަދި އެ ފައިސާތައް މިހާރު އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި މި މައްސަލަ އަލިފުށީ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Advertisement
Allied — Dhen Online (box)

ވައްކަމުގެ މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލަތަަކަކީ ރާއްޖޭގައި ފަހަކަށް އައިސް އާންމުވެފައިވާ މައްސަލަތަކެކެވެ. އެގޮތުން ފުލުހުން އިއްޔެ ވެސް ވަނީ ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފޮޓޯ އާންމުކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް