ޚަބަރު

ކަރަންޓީނު ވާން ނުޖެހޭ ގޮތަށް ދެކުނު އޭޝިއާގެ ޤައުމުތަކުން ރާއްޖެ އެތެރެވުމުގެ ހުއްދަ ދީފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކަރަންޓީންވާން ނުޖެހޭ ގޮތަށް ދެކުނު އޭޝިއާގެ ޤައުމުތަކުން ރާއްޖޭގެ ރިސޯޓްތަކަށް އެތެރެވުމުގެ ހުއްދަ ދީފިއެވެ.

Ads by STELCO

ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތު ކުރިން ގޯސްވުމާ ގުޅިގެން، އިންޑިއާ ހިމެނޭހެން ދެކުނު އޭޝިއާގެ ޤައުމުތަކުން ރާއްޖެއަށް ފަތުރުވެރިން އެތެރެވުން މަނާ ކުރިއެވެ. އެއަށް ފަހު ހާލަތު ރަނގަޅު ވުމާ ގުޅިގެން  ކަރަންޓީނު ވާ ގޮތަށް، ދެކުނު އޭޝިއާގެ ޤައުމުތަކަށް ބޯޑަރު ހުޅުވަން މީގެ ހަފްތާއެއް ކުރިން ވަނީ ނިންމައިފައެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަބްދުލްއަޒީޒް ވިދާޅުވީ ޖުލައި 15އިން ފެށިގެން ދެކުނު އޭޝިއާއިން އަންނަ ފަތުރުވެރިންނަށް ރިސޯޓުތަކަށް ދަތުރު ކުރެވޭ ގޮތަށް ވަނީ ހަމަޖެހިފައި ކަމަށެވެ. އަދި ރިސޯޓުތަކަށް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އެ ރިސޯޓުތަކުގައި ދާއިމީކޮށް ޓެސްޓު ކުރެވޭނެ އިންތިޒާމެއް ރޭވިފައި އޮންނަން ވާނެ ކަމަށެވެ.

"ރިސޯޓުތަކުގައި މި ދެވޭ އިތުރު ލުއިތަކާ އެކު މި އިންތިޒާމު ރޭވިފައި ހުރުމަކީ މުހިންމުކަމެއް" މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ބޭރު ޤައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިން 96 ގަޑިއިރު ވެފައި ނުވާ ނައްސި ޕީސީއާރް ޓެސްޓެއް ގެންނަން ވާނެ ކަމަށެވެ.

"96 ގަޑިއިރު ނުވާ ޕީސީއާރް ޓެސްޓެއް ގެންނައިރު، އެ ބޭފުޅުން 7 ދުވަހަށް ކަރަންޓީނު ވާން ޖެހޭނެ. ވެކްސިން ގެ ދެ ޑޯޒް ޖެހުމަށް ފަހު 14 ދުވަސް ފުރިހަމަ ކޮށްފައިވާނަމަ 7 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށާއި އަދި އެ މުއްދަތު ފުރިހަމަ ކުރުމަށް ފަހު ރިލީސް ސާމްޕަލެއް ވެސް އެބޭފުޅުން ނަންގަވަން ޖެހޭނެ" މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ އިންޓަނޭޝަނަލް ޓްރެވެލާސްއަކީ ދިވެހިން އެކަނި ނޫން ކަމަށާއި ވެކްސިންގެ ގޮތުގައި ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބަލައިގަންނާނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ޤަބޫލުކޮށްފައިވާ ވެކްސިންތައް ކަމަށެވެ.

Ads by HDC
  1. ޣޯސް

    ދިވެހިންނަށްދޭކޮންމ ލުޔެއ އިންޑިޔާމީހުންނަށ މިގައުމުގައ ދޭނ.