Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ހިޔާ 7000 ޕޯޓަލް މެދުވެރިކޮށް ލިބޭ ޚިދުމަތްތައް ހިއްސާކޮށްފި

ހިޔާ މަޝްރޫއުގެ ދަށުން އެޅި ފްލެޓްތަކުގެ އެއްބަސްވުމުގަައި ސޮއި ކުރުމުގެ މަސައްކަތް ފަސޭހަކަމާ އެކު ކުރުމަށް "ހިޔާ 7000 ޕޯޓަލް"ގައި ޕާރސަނަލް އެކައުންޓު ހުޅުވުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހިޔާ ފުލެޓު ލިބުނު ފަރާތްތަކުގެ ކިބައިން އެދިފައިވާ އިރު މި ޕޯޓަލްއިން ލިބޭ ހިދުމަތްތައް ހިއްސާކޮށްފިއެވެ.

އެޗްޑީސީން މިއަދު ކުރި ޓްވީޓެއްގައި ، ހިޔާ ޕޯޓަލްއިން ލިބޭ ހިދުމަތްތައް ވަނީ ތަފްސީލުކޮށް ކިޔައިދީފައެވެ. މިގޮތުން ހިޔާ ފުލެޓްގެ އެއްބަސްވުން ތައްޔާރުކުރުމުގައި އެޗްޑިސީއިން މައުލޫމާތު ސާފުކުރުމަށް ބޭނުން ފޯމު ހުށައެޅުމުގެ ހިދުމަތާއި ވެރިފަރާތުގެ ބަދަލު އެއްބަސްވުމުގެ ޒިންމާ އަދާކުރާނެ ފަރާތުގެ މައުލޫމާތު ފޯމު ހުށައެޅުމާއި، ފުލެޓް ލިބިފައިވާ ދެ ފަރާތެއްގެ ދެމެދުގައި ފުލެޓު ބަދަލު ކުރަން އެދޭ ފޯމު ހުށައެޅުމާއި، އެއްބަސްވުމުގައި ސޮއިކުރަން ހާޒިރު ނުވެވޭ ނަމަ ސޮއިކުރުމުގެ ޒިންމާ ހަވާލުކުރުމަށް އެދޭ ފޯމު ހުށައެޅުމާއި، ޑައުންޕޭމަންޓް އަދި ފައިސާ ދައްކާ މުއްދަތު ބަދަަލު ކުރުމަށް އެދި ހުށައަޅެޅުމުގެ ހިދުމަތް މިޕޯޓަލްއިން ލިބޭނެ ކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ.

https://twitter.com/hdcmaldives/status/1412762798602567683

Advertisement
Allied Insurance — Square (box)

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމާއި ލިޔެކިޔުންތައް ހުށައެޅުން އޮންނާނީ މި ޖުލައި މަހުގެ 5 ވަނަ ދުވަހުން ފެށިގެންނެވެ. އަދި ކޯޕަރޭޝަނަށް ލިޔެކިޔުންތައް ހުށައަޅަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވެސް ވަނީ ހުޅުވައިލައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް