Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ހަމަލާއާ ގުޅުން ހުރި މީހަކު ދޫކޮށްލައިފައެއް ނުވާނެ: ފުލުހުން

ހަމަލާއާ ގުޅުން ހުރި މީހަކު ދޫކޮށްލައިފައެއް ނުވާނެ: ފުލުހުން

ކުރީގެ ރައީސް މުޙައްމަދު ނަޝީދުއަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރު ކުރި އެއްވެސް މީހަކު ދޫކޮށްލައިފައި ނުވާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހަކު މިއަދު ދޫކޮށްލުމާ ގުޅިގެން އެއީ މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއާ ގުޅުން އޮތް ބައެއް ކަމަށް، ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. ރައީސް ނަޝީދުގެ މައްސަލައާ ސީދާ ގުޅުން އޮތް އަށް މީހެއްގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރަން ވަރަށް އަވަހަށް ފޮނުވާނެ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރެއިން ފުލުހުން މިހާތަނަށް އާންމުކޮށްފައި ވަނީ ފަސް މީހެއްގެ ވަނަވަރެވެ. އޭގެ ތެރޭގައި ބޮން ގޮއްވައިލި މީހާ އާއި އޭނާއަށް އެހީތެރިވެދިން މީހަކާއި ގޮއްވައިލި އައިއީޑީ އޮތް ސައިކަލުގެ ވެރިމީހާއާއި އިތުރު ދެ މީހަކު ހިމެނެއެވެ.

Advertisement
Ooredoo — Square (box)

ފުލުހުން ވިދާޅުވީ، އެ މުއައްސަސާއިން ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކުރި ތިން މީހަކު މިއަދު ކޯޓުން ދޫކޮށްލާފައިވާ ކަމަށާއި އެ މީހުން ދޫކޮށްލީ ބަންދުގެ މަޖިލީހަށް ހާޒިރު ކުރުމުން ކަމަށެވެ. މިކަމާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން ބުނީ، އެމީހުން ދޫކޮށްލީ ބަންދުގައި ބައިތިއްބަން ޖެހޭ ސަބަބެއް ނެތުމުން ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް