މާދަމާ ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ

މާދަމާ ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން ވިދާޅުވީ އިންޓަރކަނެކްޝަން މެދުވެރިކޮށް މާލެ، ހުޅުމާލެ އަދި ހުޅުލެ، އެއް ވިއުގައަކުން ގުޅައިލުމަށް ޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި 09/07/2021 ވާ ހުކުރު ދުވަހުގެ ހެނދުނު 7:00 އިން 9:00 އަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑައިލާން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި މިގަޑިތައް މިހެން ބަޔާން ކޮށްފައި ވީނަމަވެސް، މަސައްކަތް ނިމުނުހާ އަވަހަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑޭ ހިސާބުތަކަށް އަލުން ހިދުމަތް ދެވިގެންދާނެ ކަމަށް ވެސް ސްޓެލްކޯއިން ވިދާޅުވިއެވެ. https://twitter.com/stelcomaldives/status/1412988784082186240?s=21 ސްޓެލްކޯއިން ކުރިއަށްގެންދާ އިންޓަކަނެކްޝަން ޕްރޮޖެކްޓަކީ މާލެއާއި ހުޅުލެ އަދި ހުޅުމާލެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅުވާލުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. އަދި މި ޕްރޮޖެކްޓާއެކު ގްރޭޓާރ މާލެ ސަރަހައްދުގެ ޕަވާ ސެކިއުރިޓީގެ ކަށަވަރު ވެގެން ދާނެ ކަމަށް މީގެ ކުރިން ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ. މިކަމާ ގުޅިގެން ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.



.webp)

ކޮމެންޓް