Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މާލޭގެ ރައްޔިތުންނަށް ގެދޮރު ކަށަވަރުކޮށްނުދީ ހުޅުމާލެއިން މުއްސަދިންނަށް ބިން ވިއްކަން ފެށުމަކީ ދެރަ ކަމެއް: މުޢިއްޒު

މާލޭގެ ރައްޔިތުންނަށް ގެދޮރު ކަށަވަރުކޮށްނުދީ ހުޅުމާލެއިން މުއްސަދިންނަށް ބިން ވިއްކަން ފެށުމަކީ ދެރަ ކަމެއް: މުޢިއްޒު

މާލޭގެ ރައްޔިތުންނަށް ގެދޮރު ކަށަވަރުކޮށްނުދީ ހުޅުމާލެއިން މުއްސަދިންނަށް ބިން ވިއްކަން ފެށުމަކީ ދެރަ ކަމެއް ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިރޭ ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވެފައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އަލުން ބިން ވިއްކަން ފަށައި، އަކަފޫޓެއް 4،800ރ. ރޭޓުން ވިއްކަން ހުޅުވައިލާން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނިންމައިފައިވާ ދަނޑިވަޅެއްގައެވެ.

މިކަމާ ގުޅިގެން މުޢިއްޒު ވިދާޅުވީ މާލޭ ރައްޔިތުންނަށް ގެދޮރުވެރިކަން ކަށަވަރުކޮށްދިނުމަށް އެކަށީގެންވާ ހައްލުތަކެއް ނުގެނެސްދީ ހުޅުމާލެއިން ބޮޑު އަގުގައި މުއްސަނދިންނަށް ބިން ވިއްކަން އަލުން ފެށުމަކީ ތަރުތީބު އޮޅިފައިވާ ވަރަށް ދެރަކަމެއް ކަމަށެވެ.

Advertisement
Ooredoo — Square (box)

https://twitter.com/mmuizzu/status/1413173418023735304?s=21

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އަލުން ބިން ވިއްކަން އެ ކުންފުނީގެ ބޯޑުން ވަނީ ނިންމައިފައެވެ. އަދި މިފަހަރު ވިއްކަނީ 1،500 އާއި 2،000 އަކަފޫޓުގެ ބިންތައް ކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ. ހުޅުމާލެއިން ބިން ވިއްކަން ނިންމީ ގިނަ ބަޔަކު ބިން ގަތުމަށް އެދި އެ ކުންފުންޏަށް އެކި ފަހަރުމަތިން ހުށަހަޅައިވާ ކަމަށް ބުނެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް