Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޝެއިޚް ފަޟުލޫނަށް ފިޔަވަޅު އަޅަައިދޭން ވައްޑެ ގޮވައިލައްވައިފި

ޝެއިޚް ފަޟުލޫނަށް ފިޔަވަޅު އަޅަައިދޭން ވައްޑެ ގޮވައިލައްވައިފި

ޝެއިހް ފަޟްލޫން ބިން މުހައްމަދަކީ ލޭއޮހޮރުވަން ހިތްވަރު ދޭ މީހެއްކަމަށް ވިދާޅުވެ އޭނާއާ މެދު ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަޙީދު (ވަައްޑެ) ގޮވައިލައްވައިއެވެ.

މެމްބަރު ވަޙީދު މަޖިލީހުގައި ދެއްކެވި ވާހަކަކޮޅެއް، ޝެއިހް ފަޟްލޫން ބިން މުހައްމަދު ޓްވިޓާގައި ޝެއަރ ކުރައްވުމުން އެ ޓްވީޓަށް ރައްދު ދެއްވައި ވައްޑެ ވިދާޅުވީ ޝެއިހް ފަޟްލޫނަކީ ރައީސް ނަޝީދާ މެދު ވެސް ނަފްރަތު އުފައްދައި، އެމަނިކުފާނު އަވަހާރަކޮށްލަން ހިތްވަރުދީ ހަދާފައިވާ މީހެއް ކަމަށާއި ހިތަށް އެރިހާ ގޮތަކަށް މީހުން ކާފަރު ކުރުމުގައި އަރާހުރި މީހެއް ކަމަށެވެ.

މީގެ އިތުރުން ވެސް ވައްޑެ ވިދާޅުވީ ޝެއިހް ފަޟްލޫން އަކީ ލޭއޮހޮރުވަން ހިތްވަރު ދޭ މީހެއް ކަމަށާއި އެއީ ނުރައްކާތެރި މީހެއް ކަމަށެވެ.

Advertisement
Ooredoo — Square (box)

"ހިތަށް އެރިހާ ގޮތަކަށް، ހިތަށް އެރިހާ މީހަކު ކާފަރަކަށް ހަދަމުން، އަދި ނުވެގެން މި މީހުންގެ ގާތް އައުވާނުން ލައްވައި މަރައި ލޭ އޮހޮރުވަން ހިތްވަރު ދޭ މިލަންދޫ ފަޟްލޫން ކަހަލަ ނުރައްކާތެރި މީހުންނަށް ފިޔަވަޅު އަޅުއްވާ!" ވައްޑެގެ ޓްވީޓްގައި ވިދާޅުވިއެވެ.

https://twitter.com/waddey_/status/1413750239140454407

މީގެ އިތުރުން ޝެއިހް ފަޟްލޫން <span class="css-901oao css-16my406 r-poiln3 r-bcqeeo r-qvutc0">އިސްލާމިކް ޔުނިވާސިޓީ ލެކްޗަރާކަން ކުރެއްވުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި ޝެއިހް ފަޟްލޫންއަށް ޝެއިހް އަލީ ޒާހިރު ރައީީސް އޮފީސް ތެރެއިން މަދަދު ދޭކަމަށް ވަައްޑެ ވަނީ ތުހުމަތު ކުރައްވާފައެވެ.</span>

<span class="css-901oao css-16my406 r-poiln3 r-bcqeeo r-qvutc0">"މި މިލަންދޫ ފަޟްލޫނު ކަހަލަ، ތަނެއް ދޮރެއް ނުބަލައި ހިތަށް އެރިހާ މީހަކު ކާފަރުކޮށް ލޭ ހުއްދަކުރަން ހިތްވަރުދޭ މީހަކަށް ދާދި ފަހުން އިސްލާމިކް ޔުނިވާސިޓީ ލެކްޗަރާކަން ދީފައިވާ ކަމީ ކަންބޮޑުވާކަމެއް. އަދި ރައީސް އޮފީސް ތެރެއިން އަލީ ޒާހިރު </span>މިފަދަ މީހުންނަށް މަދަދު ދޭކަމީ ދެރަވަރުކަމެއް." ވައްޑެ ޓްވީޓް ކުރެއްވިއެވެ.

ޝެއިހް <span class="css-901oao css-16my406 r-poiln3 r-bcqeeo r-qvutc0">ފަޟްލޫންއަށް ފިޔަވަޅު އަޅައި ދިނުމަށް އެދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، މޯލްޑިވްސް ޕޮލިސް ސާރވިސް އަދި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރަށް ވައްޑެވަނީ ގޮވައިލައްވައިފައެވެ. </span>

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް