Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކައުންސިލުތަކުގެ ބަޖެޓުގެ މައުލޫމާތު ފިނޭންސަށް ފޮނުވައިދޭން އަންގައިފި

ކައުންސިލުތަކުގެ ބަޖެޓުގެ މައުލޫމާތު ފިނޭންސަށް ފޮނުވައިދޭން އަންގައިފި

ކައުންސިލް ތަކުން އަންނަ އަހަރަށް ލަފާކޮށް ބަޖެޓުގައި ހިމަނަން ބޭނުންވާ ކަންކަން އަންނަ މަސް ނިމުމުގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ފޮނުވައިދޭން އަންގައިފިއެވެ.

އެ މިނިސްޓްރީން ކައުންސިލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ ދައުލަތުގެ މާލިއްޔާގެ ގާނޫނުގައިވާ ގޮތުގެ މަތިން މާލީ އަހަރު ފެށުމުގެ ދެ މަސް ކުރިން ބަޖެޓުގައި ހިމަނަން ބޭނުންވާ މައުލޫމާތު މަޖިލީހަށް ފޮނުވަން ޖެހޭ ކަމަށެވެ.

ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި ކައުންސިލްތަކުގެ ބަޖެޓު ތައްޔާރު ކުރުމުގައި އަމަލު ކުރަން ޖެހޭ އުސޫލާ އެއްގޮތުގެ މަތިން ކައުންސިލްތަކުން މެދުރާސްތާގެ ބަޖެޓު ތައްޔާރުކޮށް އެ މިނިސްޓްރީއަށް ހުށަހަޅަން ޖެހޭ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

Advertisement
HDC — Sidebar (box)

މީގެއިތުުރުން މި އުސޫލުގެ މަތިން ކައުންސިލްތަކުގެ ބަޖެޓުގެ މައުލޫމާތު އެ މިނިސްޓްރީން ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅާ މަރުހަލާގައި ހިއްސާ ކުރަން ގަސްތު ކުރާ ކަމަށް ވެސް ބުންޏެވެ.

"މި މައުލޫމާތުގެ ތެރެއިން ކައުންސިލްތަކަށް ދައުލަތުން ބްލޮކް ގްރާންޓުގެ ގޮތުގައިދޭ ހިލޭ އެހީގެ ބަޖެޓު ތައްޔާރު ކުރަންވާނީ 2021 ވަނަ އަހަރުގެ މެދުރާސްތާ ބަޖެޓާއި 2022 ވަނަ އަހަރުގެ ފިސްކަލް ސްޓްރެޓެޖީގެ ގޮތުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދިނުމަށް ލަފާ ކޮށްފައިވާ އަދަދަށް ވުރެ އިތުުރު ނުވާނެ ގޮތަށެވެ،" ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

އަންނަ މަހުގެ 31 ގެ ކުރިން އެ މައުލޫމާތުތައް ފޮނުވަން ފިނޭންސް މިނިސްޓްރީން ވަނީ އަންގަވައިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް