މި ފޮޓޯއަށް ރަނގަޅަށް ބަލައިފިނަމަ ތަފާތެއް ފެންނާނެ!

ފޮޓޯއިން ފޮރުވިފައިވާ ތަކެތި ހޯދުމަކީ މީސްމީޑިއާގައި ވަރަށް އާންމު ކަމެކެވެ. ގޭގައި ފޫހި ވެގެން އޮންނަ ވަގުތު ތަކުގައި މިގޮތަށް ފޮޓޯގައި ފޮރުވިފައިވާ ތަކެތި ހޯދުމަކީ ވަރަށް މަޖާ ކަމެކެވެ.
އެގޮތުން މަތީގައި އެވާ ފޮޓޯއިން ފެންނަނީ އެއްތާކަށް އެއްކޮށްފައިވާ ފަތްތަކެކެވެ. އެހެންނަމަވެސް ދެތިން މިނެޓު ވަންދެން އެ ފޮޓޯއަށް ޚާއްސަ ސަމާލުކަމެއް ދީގެން ބަލަން އިނދެފިނަމަ އެ ފޮޓޯއިން ތަފާތު ފެންނާނެއެވެ.
އެ ފޮޓޯއިން ފެނިގެން އެދާ ފަތްފުނީގެ ތެރެއިން ދިރޭ ޖަނަވާރެއް ބޯ ދިއްކޮށްގެން އެބަ އޮތެވެ. އެހެންނަމަވެސް ފޮޓޯއިން އެކަން ފާހަގަ ވަނީ ގާތްގަނޑަކަށް ތިން އިންސައްތަ މީހުނަށެވެ. ފޮޓޯގައި އެ ޖަނަވާރު ބޯ ދިއްކޮށްގެން އޮތީ ކަނާތް ފަޅީގައެވެ. މިވަރުން ވެސް އެ ފޮޓޯއިން އެ ޖަނަވާރު ފެންނަ މީހުން ވަރަށް މަދެވެ.
ބައެއް މީހުން އެފަދަ ފޮޓޯއިން ފޮރުވިފައިވާ ތަކެތި ހޯދުމަށް މުޅި ދުވަސް ހޭދަ ކޮށްލައެވެ. އެހެންނަމަވެސް އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ސަބަބަކީ މޯބައިލް ފޯނު ނުވަތަ ލެޕްޓޮޕް ސްކްރީނަށް މާ ގިނައިރު ބަލަން އިނުމަކީ މީހާގެ ލޮލުގެ ފެނުމަށް ނޭދެވޭ އެތައް އަސަރުތަކެއް ކުރާނެ ކަމެކެވެ.

މަތީގައި އެވަނީ އެ ފޮޓޯގައި ފޮރުވިފައިވާ ޖަނަވާރު ފާހަގަ ކޮށްދީފައެވެ. ބޯދިއްކޮށްގެން އޮތީ ފަތްތަކުގެ ކުލައާ އެއްގޮތްވާ ބުޅަލެކެވެ. މިވަރުން ވެސް ފޮރުވިފައިވާ ބުޅާ ނުފެންނަ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކާށެވެ.
އެތަނުގައިބުޅަލެއއޮތްކަމަށ ހީވާނަމ ލަސްނުކޮށް އަވަހަށް ޑޮކްޓަރަށް ދައްކަންވީ ބުޅަޅެއްގެ ބޮޑުބައި ފޮރުވޭހާ ގިނަފަތެއްވެސް އެތަނަކު ނެތްް