Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރައީސް ޔާމީން ހާޒިރުކުރީ ތަހުގީގުކޮށް ނިމި ދައުވާ ކުރަން ފޮނުވައިފައިވާ މައްސަލައެއްގައި: ވަކީލުން

ރައީސް ޔާމީން ހާޒިރުކުރީ ތަހުގީގުކޮށް ނިމި ދައުވާ ކުރަން ފޮނުވައިފައިވާ މައްސަލައެއްގައި: ވަކީލުން

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ފުލުހަށް ހާޒިރުކުރީ ތަހުގީގުކޮށް ނިމި ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފައިވާ މައްސަލައެއްގައި ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނުގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނެވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށްފައި ވަނީ އެމަނިކުފާނަށް އަމާޒުކޮށް ނުޙައްގުން އަސާސެއްނެތި ސަރުކާރުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ކަމަށެވެ.

މިއަދު މެންދުރު ފަހު 2:00އަށް އެމަނިކުފާނު ހާޒިރުކޮށްފައި ވަނީ ކުރިން ތަހުގީގުކޮށް ނިމި ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފައިވާ ވ. އާރަށުގެ މައްސަލައާ ގުޅިގެން ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

އެއްވެސް އަސާސެއް ނެތް މި މައްސަލައިގައި އިދިކޮޅު ލީޑަރު ފުލުހަށް ހާޒިރު ކުރުމުން ޑރ. ޖަމީލް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. އަދި އެކަމަށް ވަރަށް ބޮޑަށް އެމަނިކުފާނު ފާޑުވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް