އެނބުރި އަންނައިރު އަޅުގަނޑު މަރައިލާން އިތުރު ހަމަލާއަށް ދޭ ހާލަތުގައި އޮވެގެން ނުވާނެ: ރައީސް ނަޝީދު
ބޭސްފަރުވާގެ ކަންކަން ފުރިހަމަ ކުރެއްވުމަށް ފަހު މާލެ އެނބުރި ވަޑައިގަންނަވާނެ ކަމަށާއި އެހެން ނަމަވެސް އެނބުރި އަންނައިރު މާލޭގެ ހާލަތު މިއަށްވުރެ ރަނގަޅަށް އޮންނާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީ ރަސްމީކޮށް ރައީސް ނަޝީދަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އެމަނިކުފާނު "މާލެ އަރާ ތަނުން އިތުރަށް ބަޔަކު މީހުން މަސައްކަތްކޮށްގެން އިތުރަށް ކަންކަން ހިންގަން އުޅޭ އުޅުމެއް އޮވެގެން ނުވާނެ ކަމަށް" ޤަބޫލުފުޅު ނުކުރައްވާ ކަަމެވެ. އަދި މިހާލަތުން އަރައިގަތުމަށް ރިޕޯޓްގައި ފާހަގަކޮށްފައިވާ ލަފައާއި އިރުޝާދުތަކަށް އަވަހަށް ފިޔަވަޅު އެޅުއްވުމަށް ރައީސް ނަޝީދު ގޮވައިލެއްވިއެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހުން ރިޕޯޓްގައިވާ ކަންކަން އަވަހަށް ކުރެއްވުމަށް ވަނީ ގޮވައިލައްވައިފައެވެ.
"އަޅުގަނޑު ރައީސް އަރިހުގައި ވަރަށް އަދަބުވެރިކަމާ އެކު އެދެން މައްސަލަ އަވަހަށް ބައްލަވާށޭ. އެއްވެސް ހާލެއްގައި ކުޑަކޮށްވެސް ފަހަތަށް ޖެހި ވަޑައިނުގަންވާށޭ." ރައީސް ނަޝީދު ވިދާޅުވީ ރައީސް ޞާލިޙް ފަހަތަށް ޖެހި ވަޑައިނުގަންނަވާނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވީ ސަލާމަތީމަތީ ޚިދުމަތްތަކުގައި ތެރޭގައި ހިންގަމުންދާ ބައެއް ކަންކަމާ މެދު ކަންބޮޑުވެ ލައްވާ ކަމަށާއި އެކަންކަން ރަނގަޅު ކުރަން އަވަސް ފިޔަވަޅުތަކެއް އަޅުއްވަން ޖެހޭ ކަމަށެވެ.
ހާލަތު އެބަދަލުވީ.. ހަމަ ބުނެލަން ޖެހޭނީ
މި މަނިކުފަނުގެ ސަޕޯރޓަރުން ހިތް މަރުވާކަހަލަ ވާހަކައެއް ތިއީ! މަނިކުފާނުގެ ލޯބިވެރިން ބުނަމުން އަންނަނީ ކުރިއައް ވުރެން ހިތްވަރުގަދަކޮއް ބިރަކާ ނުލާ އަންނަ ވާހަކަ!!!
ސަލާމާތްކަންހުރި ان شاءالله
ކަލޭ އެކަހަލަ ކަމެއް ނުރާވައިފިއްޔާ އެހާލަތެއް ދެނެއްވެސް ނޯންނާނެ.