Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އީދު ކުޅިވަރާއި މުބާރާތްތައް ނުބާއްވަން އަންގައިފި

އީދު ކުޅިވަރާއި މުބާރާތްތައް ނުބާއްވަން އަންގައިފި

ބޮޑު ބަންދާއި އީދު ޗުއްޓީއާ ދިމާކޮށް ކުޅިވަރުތަކާއި މުބާރާތްތައް ނުބާއްވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އަންގައިފިއެވެ.

އީދު ބަންދާއި ޗުއްޓީގައި ދަތުރުކުރުމާއި އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ކޮވިޑް-19އިން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އަންގައި އެޗްޕީއޭއިން މިރޭ ނެރެފައިވާ އެންގުމުގައި ބުނެފައި ވަނީ ދަތުރުކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި ހިފެހެއްޓުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އެޗްޕީއޭގެ އެންގުމުގައި ބުނެފައި ވަނީ، ވައިގެ މަގުންނާއި ކަނޑު މަގުން ދަތުރުކުރާއިރު ރަނގަޅަށް މާސްކް އަޅާ ތިމާއާއި އެއްކޮށް ދިރިއުޅޭ މީހުން ފިޔަވައި އެހެން މީހުންނާ މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބެހެއްޓުމާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް އާއްމު ތަންތަނުގައި އުޅޭއިރު އަދި އެކި ހިދުމަތްތައް ހޯދަން ދިއުމުގައި ނޭފަތާއި އަނގަ ރަނގަޅަށް ފޮރުވޭ ގޮތަށް މާސްކް އެޅުމަށް އަންގާ ކަމަށެވެ.

Advertisement
Ooredoo — Square (box)

މީގެ އިތުރުން ގިނަ މީހުން އެއްވެގެން ބާއްވާ ހަރަކާތްތައް ނުބޭއްވުމާއި އީދު ފާހަގަކުރުމަށް ވެސް ގިނަ މީހުން އެއްވެ ނޫޅެވޭ ފަދަ ހަރަކާތްތައް އިހްތިޔާރުކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އަންގައިފައެވެ. އަދި އެއް ރަށުން އަނެއް ރަށަށް މީހުން އައިސްގެން ބާއްވާ ހަރަކާތްތައް ނުބޭއްވުމާއި ކުޅިވަރު މުބާރާތްތައް ނުބޭއްވުމަށް ވެސް އަންގައިފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް