މާލެއިން ފައްސިވީ 28 މީހުންނާ އެކު، މިއަދު ފައްސިވީ 78 މީހުން

ރާއްޖެއިން މިއަދު އިތުރު 70 މީހުން ކޮވިޑަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 28 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް ފައްސިވީ 34 މީހުންނެވެ. އަދި ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު ފައްސި ވެފައި ވަނީ 16 މީހުންނެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 75،071 މީހުންނެވެ.
ބަލިން ފަސޭހަވެފައި ވަނީ 72،349 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 18 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 214 މީހުން ނިޔާވެފައި ވެއެވެ.