Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރައީސް ޔާމީން މިއަދު ވެސް ފުލުހަށް ހާޒިރުކުރަނީ

ރައީސް ޔާމީން މިއަދު ވެސް ފުލުހަށް ހާޒިރުކުރަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފުލުހަށް ހާޒިރުވާން މިއަދު ވެސް އަންގައިފިއެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް އުޅުއްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖާމީލު “ދެން” އަށް މައުލޫމާތު ދެމުން ވިދާޅުވީ ރައީސް ޔާމީން ފުލުސް އޮފީހަށް އޮފީހަށް ހާޒިރުކުރަން ނިންމައިފައި ވަނީ މީގެ ކުރިން ވެސް ހާޒިރުކޮށްފައިވާ މައްސަލައެއްގައި ކަމަށެވެ.

ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރު ވުމަށް އަންގައިފައި ވަނީ މިއަދު މެންދުރު 2:00 އަށެވެ. މި ދިޔަ ހޮނިހިރު ދުވަހު ވެސް އެ މަނިކުފާނު ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.

Advertisement
Ooredoo — Square (box)

ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ ޢަމަލުތަކުން ރައީސް ޔާމީންގެ ޤާނޫނީ ޙައްޤުތަކަށް އަދި ތަޙްޤީޤްގެ އިންޞާފުވެރިކަމަށް ވެސް ހުރަސްއެޅޭ ކަމަށެވެ.

ރައީސް ޔާމީން މިހާރު ވެސް 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާއިރު އެމަނިކުފާނު މިހާރު ހުންނެވީ ވަގުތީ ގޮތުން ގޭ ބަންދުގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް