Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އެމްޑީޕީތެރޭގައިވެސް ހަރުކަށި ވިސްނުން އެބައުޅޭ، ރައީސް ޞާލިޙް ހުންނެވީ ތާށިވެފައި: ރައީސް ނަޝީދު

އެމްޑީޕީތެރޭގައިވެސް ހަރުކަށި ވިސްނުން އެބައުޅޭ، ރައީސް  ޞާލިޙް ހުންނެވީ ތާށިވެފައި: ރައީސް ނަޝީދު

ރައީސް މުޙައްމަދު ނަޝީދު ރައީސްކަން ކުރައްވަމުން ގެންދަވާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ތެރޭގައި ވެސް ހަރުކަށި ވިސްނުން އެބަ އުޅޭ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް މުޙައްމަދު ނަޝީދު މިހެން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވެވި މެސެޖްތަކެއްގައެވެ. ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ވެސް ހަރުކަށި ވިސްނުން އެބަ އުޅޭ ކަމަށާއި ކޯލިޝަނަށް ޓަކައި މީހުން ރުއްސާ ކަަމަށެވެ. އަދި އެވެރިންގެ ތެރޭގައި ހަނގުރާމައެއްވާ ކަަމަށާއި ދުވަހަކު ވެރިކަން ނުހޯދުނަސް މި ވެރިންނާ އެކު އުޅެން ބޭނުން ނުވާ ކަަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީގެ ބައެއް ބޭފުޅުން ހިތްހަމަ ނުޖެހުނަސް ކުރާނެ ކަމެއް ނެތް ކަމަށާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއާއި ޕީޕީއެމްއިން މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާނަމަ އެމަނިކުފާނު އެބޭފުޅުންގެ އެހީއަށް އެދިލައްވާނެ ކަމަށެވެ.

Advertisement
Allied Insurance — Square (box)

ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ބޭރުގެ އެޖެންސީތަކުން ލިބިވަޑައިގަންނަވާ މައުލޫމާތުތަކުން އެނގޭ ގޮތުން ހަރުކަށި ފިކުރުގެ މީހުން ތައްޔާރުވަމުން ދަނީ ހަނގުރާމައަކަށް ކަމަށެވެ. އަފްގާނިސްތާނުން އެމެރިކާ ސިފައިން ފައިބާ އެތަން ތާލިބާނުންނަށް ދިނީމަ އެކޮޅާއި މިކޮޅާ މާ ގުޅޭނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ގާތްގަނޑަކަށް އެމީހުންގެ ހާހެއްހާ މީހުން އެބަތިބި ކަމަށާއި ފަޅު ރަށްރަށާއި ކަންނެލި އޮޑިތަކުގައި މިމީހުން ތަމްރީންވަމުންދާ ކަަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.

"ރާއްޖޭގައި އެމީހުންގެ ހާހެއް އެބަ ތިބި. ފަޅު ރަށްރަށަށް ގޮސް ތަމްރީން ވަނީ. ކަންނެލި އޮޑިތަކާއި ޑިންގީ އަދި ލޯންޗު ފަހަރުގައި އުޅެނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސްގެ މެސެޖްގައި ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހުންނެވީ ތާށިވެވަޑައިގެންފައި ކަމަށެވެ. އަދި ރައީސް ނަޝީދު ވެރިކަން ބޭނުން ނޫން ކަަމަށާއި އެދެނީ ރާއްޖެ، ދަރިންގެ ދަރިންނަށް ސަލާމަތްތެރި ކަމާއެކު ފޯރުކޮށްދޭން ކަމަށެވެ.

ރާއްޖޭގައި 1،400އެއްހައި ހަރުކަށި ފިކުރުގެ މީހުން އުޅޭ ކަމަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ވެސް ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް