Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރައީސް ނަޝީދަށް ޕީޕީއެމްގައި ޖާގައެއް ނެތް!

ރައީސް ނަޝީދަށް ޕީޕީއެމްގައި ޖާގައެއް ނެތް!

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދަށް އިދިކޮޅު ޕީޕީއެމްގައި ޖާގައެއް ނެތް ކަމަށް އެ ޕާޓީން ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕަކަށް ރައީސް ނަޝީދު މިއަދު ކުރެއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާ އެކު ސިޔާސީ ގޮތުން ހުރެވެން ނެތް ކަމަށާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއާއި ޕީޕީއެމްއިން މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާނަމަ އެމަނިކުފާނު އެބޭފުޅުންގެ އެހީއަށް އެދިލައްވާނެ ކަމަށެވެ.

ރައީސް ނަޝީދުގެ އެ ވާހަކަތަކާ ގުޅިގެން "ދެން" އިން ސުވާލު ކުރުމުން އިދިކޮޅު ކޯލިޝަން ހިންގެވުމާ މިވަގުތު ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވީ، ޕީޕީއެމް އިން މިހާރު ކުރަމުންދާ މަސައްކަތަކީ މި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކަމަށެވެ.

Advertisement
Allied — Dhen Online (box)

"އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް މިދެނީ ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތަށް. ދެން 2023ގައި ރައީސް ޔާމީން ވެރިކަމަށް ގެނައުމުގެ މަސައްކަތަށް. އެމްޑީޕީއާ އެކީގައި މަސައްކަތް ކުރުމުގެ ވިސްނުމެއް އަޅުގަނޑުމެންގެއެއް ނެތް" އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން އަދުރޭ ވިދާޅުވީ ރައީސް ނަޝީދު ދައްކަވާ ވާހަކަތަކަކީ އެމަނިކުފާނު އެދޭ މަޤްސަދުތަކެއް ފުރިހަމަ ކުރުމަށް ޓަކައި ދައްކާ ވާހަކަތަކެއް ކަމަށެވެ.

"ރައީސް ޔާމީނާއި ޕީޕީއެމްގެ އެހީއަށް ރައީސް ނަޝީދު އެދިވަޑައިގަންނަވަން ލަދުގަންނަވަން ޖެހޭނެ ކަމަށް އަޅުގަނޑު ޤަބޫލު ކުރަނީ. އެއީ އެމްޑީޕީ އިސްވެ ހިންގަވާ ސަރުކާރަކުން ގަސްތުގައި ރައީސް ޔާމީނަށް އަނިޔާ ކުރައްވަމުން ގެންދަވަނީ. ރައީސް ޔާމީނަކީ މައުސޫމް ބޭފުޅެއް" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީނަށް އަނިޔާ ކުރަމުން ގެންދާތާ ދެ އަހަރު ވަނީ ކަމަށާއި އެފަދަ އަނިޔާ ދެމުން އެހީއަށް އެދޭނެ ވާހަކަ ދެންނެވުމުން ދެކޮޅު ނުޖެހޭ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް