ޚަބަރު

ޖަޕާނުން ރާއްޖެއަށް ކޮވިޑް-19 ވެކްސިން ހަދިޔާކުރަނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ވެކްސިން ޖަހަނީ-- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ޖަޕާނުން ކޮވެކްސް ފެސިލިޓީއަށް ހަދިޔާ ކުރާ ކޮވިޑް-19ގެ 11 މިލިއަން ޑޯޒްގެ ތެރެއިން ރާއްޖެއަށް ވެކްސިން ހަދިޔާ ކުރަން ނިންމައިފިއެވެ.

Ads by STELCO

ޖަޕާނުން ރާއްޖެއަށް ވެކްސިން ފޯރުކޮށްދޭން ނިންމި ނިންމުމަށް ރާއްޖޭގެ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ މަރުހަބާ ވިދާޅުވެފައެވެ.

ޖަޕާނުން ވަނީ ކޮވެކްސް ފެސިލިޓީއަށް ހަދިޔާކުރާ 11 މިލިއަން ވެކްސިން ޑޯޒް ބަހައިލެވޭނީ ރާއްޖެ ހިމެނޭ ގޮތުން ޖުމްލަ 10 ގައުމެއްގެ މެދުގައެވެ. ޖަޕާނުން ރާއްޖެއަށް ހަދިޔާކުރަނީ ކިހާ އަދަދެއްގެ ވެކްސިނެއްކަމެއް އަދި އެއީ ކޮން ބާވަތެއްގެ ވެކްސިނެއްކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ޖަޕާނުގައި އާއްމުކޮށް ބޭނުންކުރަނީ ފައިޒާ، މޮޑާނާ އަދި އެސްޓްރާޒެނެކާ ވެކްސިނެވެ.

ކޮވިޑުން ރައްކާތެރިވުމަށް ޓަކައި ރާއްޖޭގައި އެންމެ ފުރަތަމަ ޖަހަން ފެށީ އިންޑިޔާގެ ކޮވިޝީލްޑް ވެކްސިނެވެ. އިންޑިއާއިން ވެކްސިން ސަޕްލައި ލިބުން ދަތިވެ, މޭ މަހުގެ ތެރޭގައި ކޮވިޝީލްޑް ވެކްސިން ޖެހުން ރާއްޖޭގައި ވަގުތީ ގޮތުން ހުއްޓައިލިއެވެ.

އެހެން ނަމަވެސް އަނެއްކާ ވެސް ކޮވިޝީލްޑްގެ އިތުރު ސްޓޮކެއް ލިބި އަލުން ވެކްސިން ޖަހަން ފަށައިފައި ވަނީ އެޕޮއިންޓްމަންްޓް ދޫކޮށްގެންނެވެ. މީގެ ކުރިން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިހާރު ލިބިފަައި ވަނީ 60 ހާސް ޑޯޒްކަމަށާއި އަދި އިތުރު ސްޓޮކް ލިބޭނެކަމުގެ ޔަގީން ކަން ލިބިފައިވާ ކަމަށެވެ. އަދި މިފަހަރު ކޮވިޝީލްޑް ސްޓޮކް ހަދިޔާ ކޮށްފައި ވަނީ ހެޔޮ އެދޭ ފަރާތަކުން ކަމަށާއި އެފަރާތުގެ ނަން ހާމަކުރަން ބޭނުން ނުވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!