ދެކުނު އޭޝިއާގެ ފަތުރުވެރިން މާލޭގައި މަޑުކުރުމުގެ ހުއްދަދީފި

ދެކުނު އޭޝިއާގެ ފަތުރުވެރިން މާލޭގައި މަޑުކުރުމުގެ ހުއްދަދީފިއެވެ.
އެޗްޕީއޭއިން މިއަދު ނެރުނު އެންގުމުގައި ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެންގުމުގެ ދަށުން 2021 ޖުލައި 15 ވަނަ ދުވަހުން ފެށިގެން ދެކުނު އޭޝިއާގެ ޤައުމުތަކުން އަންނަ ފަތުރުވެރިން ރާއްޖެއަށް އެތެރެވުމަށް ހުޅުވައިލާން ނިންމައިފައިވާ ކަމަށާއި އެ އެޖެންސީން ވަކިގޮތެއް އަންގަންދެން އެ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށާއި އެ ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް ޗެކިން ނުވެވޭނެކަމަށެވެ
އެހެން ނަމަވެސް މާލޭގައި ފަތުރުވެރިން ފުރުމަށް ޓަކައި ޓްރާންސިޓްކުރުމަށް މިނިސްޓްރީ އޮފް ޓުއަރިޒަމުން ކަނޑައަޅާ އުސޫލުގެ މަތިން އެ މިނިސްޓްރީން ކަނޑައަޅައިފައިވާ ގެސްޓްހައުސްތަކުގައި ތިބޭ ތިބުން އިސްތިސްނާ ވާނެ ކަމަށާއި ، ސައުތު އޭޝިއާގެ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކިން ކުރުމަށް ހުޅުވާލުމުގައި އަމަލުކުރާނެގޮތްތައް ކަނޑައަޅައި އެކަން 2021 ޖުލައި 30 ގެ ކުރިން އަންގާނެކަމަށެވެ.







ކޮމެންޓް