Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރައީސް ނަޝީދު ބޭނުން ވަނީ އިންޑިއާ އައުޓް ނުގޮވާ، ނަފްރަތުގެ ބިލަށް ތާއީދުކުރާ އާ ކޯލިޝަނެއް

ރައީސް ނަޝީދު ބޭނުން ވަނީ އިންޑިއާ އައުޓް ނުގޮވާ، ނަފްރަތުގެ ބިލަށް ތާއީދުކުރާ އާ ކޯލިޝަނެއް

އިންޑިއާ އައުޓް ނުގޮވާ، ނަފްރަތުގެ ބިލަށް ތާއީދުކުރާ އާ ކޯލިޝަނެއް ބޭނުންވާކަމަށް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީއާއި ޕީޕީއެމްގެ ގިނަ މީހުން ތިބޭނީ އެ ގޮތަށް ކަމަށާއި ރާއްޖެ އަފްޣާނިސްތާނުގެ ހާލަތަށް ދާން ގިނަ ދިވެހިން ބޭނުން ނުވާނެ ކަމަށެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ހަމައެކަނި ވިސްނުމަކީ ރާއްޖެ ސަލާމަތްކުރުން ކަމަށާއި އެމްޑީޕީއާ އެކު މަސައްކަތް ކުރާނެ އިއްތިހާދެއް ބޭނުންވާ ކަމަށެވެ. އަދި އެ އިއްތިހާދު ވާންޖެހޭނީ "އިންޑިއާ އައުޓް" ނުގޮވާ، ނަފްރަތުގެ ބިލަށް ތާއީދުކުރާ، މިއުޒިކް ހަރާމް ނުކުރާ، ކީރިތި ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަ ނުކުރާ ކޯލިޝަނަކަށް ކަމަށެވެ.

Advertisement
HDC — Sidebar (box)

https://twitter.com/mohamednasheed/status/1414834425024573440?s=21

ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ ހަމަލައިން ލިބުނު ގެއްލުންތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް އިނގިރޭސި ވިލާތުގައި ހުންނަވައިގެންނެވެ. ނަޝީދު އިއްޔެ ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައި އެމްޑީޕީގެ ތެރޭގައި ވެސް ހަރުކަށި ވިސްނުން އެބަ އުޅޭ ކަމަށާއި ކޯލިޝަނަށް ޓަކައި މީހުން ރުއްސާކަމަށް ވެސް ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް