Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އަޅުގަނޑުމެން މިތިބީ ރައްޔިތުންނާ އެކު އިޖުތިމާއީ އެއްބަސްވުމެއްގައި: މެމްބަރު ސައީދު

އަޅުގަނޑުމެން މިތިބީ ރައްޔިތުންނާ އެކު އިޖުތިމާއީ އެއްބަސްވުމެއްގައި: މެމްބަރު ސައީދު

އިދިކޮޅު ކޯލިޝަނުން ތިބީ ރައްޔިތުންނާ އެކު އިޖުތިމާއީ އެއްބަސްވުމެއްގައި ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ އެ ކޯލިޝަންގެ ފިކުރަކީ ޤައުމިއްޔަތުގެ ފިކުރު ކަމަށެވެ.

"ޤައުމު އަޅުގަނޑުމެންނަށް ފުރަތަމަ އިސްވާނީ. މިއީ ވަރަށް ބޮޑު ޕާޓީއެއް. ދިވެހި ރާއްޖޭގެ އެންމެ ބޮޑު އެއް ޕާޓީ މިއީ މިވަގުތު އޮތް. އަދި ކުރިއަށް އޮތްތަނުގައި ވަރަށް ބޮޑަށް މި ޕާޓީ ބޮޑު ވެގެން ދާނެ" މެމްބަރު ސައީދު ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

ސައީދު އިތުރަށް ވިދާޅުވީ ރައީސް ޔާމީން އާރާސްތުކުރި ޤައުމެއް މިއަދު ރައްޔިތުންނަށް ފެންނަމުން ދާ ކަމަށާއި އެގޮތުން 2013 އިން 2018 އަށް ޤައުމުގެ އިޤްތިޞާދު ވަރަށް ބޮޑު ތަނުން ކުރި އަރައިގެން ދިޔަ ކަމަށް ވެސް މެމްބަރު ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނަކީ ވަރަށް ވިސްނުންތެރި، ތަސައްރަފް ފުދިފައިވާ ޕާޓީއެއް ކަމަށާއި އެ ކޯލިޝަންގެ މެދުގައި އެއްވެސް ހިޔާލު ތަފާތުވުމެއް އަދި ހިޔާލު ތަފާތުވާނެ ޖާގައެއް ވެސް ނެތް ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް