ޚަބަރު

ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މިނިމަމް ވޭޖް ކަނޑައެޅޭނެ: ފައްޔާޒު

ރައުފާ ރަޝީދު ، ދެން އޮންލައިން

ވަޒީފާ އަދާކުރާ މީހުންނަށް އުޖޫރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ މިންވަރު ވަރަށް އަވަހަށް ކަނޑައެޅިގެންދާނެކަމަށް މިނިސްޓަރ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

Ads by STELCO

މިނިސްޓަރ ފައްޔާޒް މިފަދައިން ވިދާޅުވީ ފަންނީ ހުނަރުވެރި މަސައްކަތްތެރިންގެ ހުނަރު އިމްތިހާންކޮށް ސަނަދު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވަހާކަފުޅު ދައްކަވަމުންނެވެ.

ފައްޔާޒް ވިދާޅުވީ މިނިމަމް ވެޖް ކަނޑައެޅިގެންދާއިރު މުޅި ދުނިޔެވެސް މިއޮތީ އުނދަގޫ މަރުހަލާއެއްގައި ކަމަށެވެ. ނަމަވެސް އުއްމީދަކީ ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި މިނިމަމް ވޭޖެއް އިޢުލާން ކުރެވިގެން ދިއުން ކަމަށެވެ. އަދި އަލަށް މިނިމަމް ވޭޖް ތަޢާރަފްކުރެވިގެން ދިއުމަކީ ކުރިއެރުންތަކެއް ލިބިގެންދާނެކަމެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"މިނިމަމް ވޭޖް ކަނޑައެޅިގެންދާއިރު މުޅި ދުނިޔެ ވެސް މިއޮތީ އުނދަގޫ މަރުހަލާއެއްގައި. ނަމަވެސް އުއްމީދަކީ ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި މިނިމަމް ވޭޖެއް އިޢުލާން ކުރެވިގެން ދިއުން. ފުރަތަމަ ދެބަސްވުންތަކެއް ވެސް ހުންނާނެ. އަލަށް ތަޢާރަފްކުރެވިގެން ދިއުމަކީ ކުރިއެރުންތަކެއް ލިބިގެންދާނެ. " ފައްޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ވަޒީފާ ނެތް މީހުންގެ އަދަދު ނިސްބަތުން މަދު ނަމަވެސް ކުރާ މަސައްކަތާއި އަޅައބަލާއިރު ލިބޭ އާމްދަނީ ކުޑަވުމަކީ ބޮޑު މައްސަލައެއްކަމަށެވެ.

މިނިމަން ވޭޖް ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ވަޢުދެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!