Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ވެކްސިން ފުރިހަމަ ކޮށްފައިވާ ނަމަ މޮނިޓަރިންގައި އޮންނަ ރަށްރަށަށް ވެސް ކަރަންޓީނު ނުވެ ދެވޭނެ

ވެކްސިން ފުރިހަމަ ކޮށްފައިވާ ނަމަ މޮނިޓަރިންގައި އޮންނަ ރަށްރަށަށް ވެސް ކަރަންޓީނު ނުވެ ދެވޭނެ

ވެކްސިން ފުރިހަމަ ކޮށްފައިވާނަމަ، މޮނިޓަރިންގައި އޮންނަ ރަށްރަށަށް ކަރަންޓީނު ނުވެ ދެވޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ރަށްރަށުގެ ކައުންސިލަށް އިއްޔެ ފޮނުވައިފައިވާ ސާކިއުލާގައި ވިދާޅުވެފައި ވަނީ ވެކްސިންގެ ދެ ޑޮޒު ފުރިހަމަކޮށް، 14 ދުވަސް ފުރިހަމަ ވެފައިވާނަމަ، ދަތުރު ކުރުމުން ކަރަންޓީނުވާން ނުޖެހޭނެ ކަމަށެވެ. އަދި އެފަރާތްތަކަށް ދަތުރު ކުރެވޭނީ 72 ގަޑިއިރު ނުވާ ނައްސި ޕީސީއާރު ޓެސްޓަކާ އެކު ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެފައިވެއެވެ.

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން މިހާރު ކަނޑައަޅައިފައިވާ އުސޫލުތަކުގައި ވާގޮތުން ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރުމަށް ފަހު، ނައްސި ޕީސީއާރު ޓެސްޓާއެކު ކަރަންޓީނުވާން ނުޖެހޭގޮތަށް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނެއެވެ.

Advertisement
Allied Insurance — Square (box)

އަދި ކޮވިޑް-19އަށް ފައްސިވާތާ 60 ދުވަސް ނުވާ މީހުންނަށް ވެސް ކަަރަންޓީނު ވުމެއް ނެތި، ރަށްރަށަށް ދަތުރު ކުރެވޭނެއެވެ. މީގެ އިތުރުން ވެކްސިން ނުޖެހޭ އުމުރުފުރާގެ ކުޑަކުދިންނަށް ވެސް 72 ގަޑިއިރު ނުވާ ނައްސި ނަތީޖާއަކާ އެކު ކަރަންޓީނުވުމެއް ނެތި ރަށްރަށަށް ދެވޭގޮތަށް ވަނީ ހުއްދަ ދީފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް