Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މައްސަލަތައް ބެލުން ލަސްކުރާތީ ގާޒީ ހާފިޒާގެ މައްސަލައެއް ހުށަހަޅައިފި

މައްސަލަތައް ބެލުން ލަސްކުރާތީ ގާޒީ ހާފިޒާގެ މައްސަލައެއް ހުށަހަޅައިފި

މައްސަލަތައް ބެލުން ލަސްކޮށް، ސިޓީތަކަށް ޖަވާބު ވެސް ނުދެއްވާތީ ސިވިލް ކޯޓުގެ ގާޒީ ހާފިޒާ އަބްދުއްސައްތާރުގެ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް މައްސަލައެއް މިއަދު ހުށަހަޅައިފިއެވެ.

ޖޭއެސްސީގެ ރައީސް ހިސާން ހުސެއިންއަށް އެޑްރެސްކޮށް މި މައްސަލަ މިއަދު ހުށަހަޅައިފައި ވަނީ "ދަ ލިޓިގަންޓްސް" ލޯ ފާމުންނެވެ

އެ ލޯފާމުން ފޮނުއްވި މައްސަލައިގެ ސިޓީގައި ވިދާޅުވެފައި ވަނީ ގާޒީ ހާފިޒާގެ ސެކްޝަނުން މައްސަލަތައް ބެލުން ލަސްކުރައްވާކަން ފާހަގަ ކުރައްވައިފައެވެ.

Advertisement
Ooredoo — Square (box)

ލިޓިޖަންސް ލޯ ފާމުން ހުށަހަޅައިފައިވާ އެ މައްސަލައިގައި އިތުރަށް ވިދާޅުވެފައި ވަނީ ގާޒީ ހާފިޒާގެ ސެކްޝަނުން މައްސަލަތައް ބެލުން ލަސް ކުރުމުގެ އިތުރުން، އެ ލޯ ފާމުން މިކަމާ ގުޅިގެން މިހާތަނަށް ފޮނުވި ސިޓީއަކަށް ޖަވާބެއް ވެސް ދެއްވައިފައި ނުވާ ކަމަށެވެ.

ޤާނޫނީ ވަކީލު ނާޒިމް ސައްތާރު ސޮއި ކުރައްވައޮ ފޮނުއްވި އެ ސިޓީގައި އިތުރަށް ވިދާޅުވީ މި އަހަރުގެ އޭޕްރިލް މަހުގެ ފަހުން އެ ލޯ ފާމުން ފޮނުއްވައިފައިވާ އެއްވެސް ސިޓީއަކަށް ހާފިޒާގެ ސެކްޝަނުން އަދި މިހާތަނަށް އެއްވެސް ޖަވާބެއް ދެއްވާފައި ނުވާ ކަމަށެވެ.

އެހެންކަމުން ގާޒީ ހާފިޒާގެ މައްސަލަ ޖޭއެސްސީން ބައްލަވައިދެއްވައި، ފިޔަވަޅު އަޅައިދެއްވުމަށް ދަ ލިޓިޖަންސްއިން އެދިލައްވައިފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް