Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކޮވިޑް-19: ފައްސި ވޭދަނަތައް މިއަދު ވެސް އިއްޔެއަށް ވުރެ ގިނަ

ކޮވިޑް-19: ފައްސި ވޭދަނަތައް މިއަދު ވެސް އިއްޔެއަށް ވުރެ ގިނަ

ރާއްޖެއިން ކޮވިޑް-19އަށް ފައްސިވަމުން އަންނަ ވޭދަނަތައް ދުވަހުން ދުވަހަކަށް އިތުރުވާން ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ރާއްޖެއިން އިތުރު 170 މީހުން ވަނީ ކޮވިޑް-19އަށް ފައްސިވެފައެވެ. އެއީ މާލެއިން ފައްސިވީ 19 މީހުންނާއި އަތޮޅުތަކުން ފައްސިވީ 78 މީހުންނާއި ހިންގަމުން އަންނަ ރިސޯޓުތަކުން ފައްސިވީ 7 މީހުންނެވެ.

މީގެއިތުރުން ކަނޑުއުޅަނދުފަހަރުން އެކަކާއި ތަރައްޤީ ކުރަމުން އަންނަ ރަށްރަށުން 60 މީހަކާއި އިންޑަސްޓްރިއަލް ރަށްރަށުން 5 މީހަކު ވެސް ކޮވިޑަށް މިއަދު ފައްސި ވެފައިވެއެވެ.

Advertisement
Allied — Dhen Online (box)

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 75،332 މީހުންނެވެ. އޭގެ ތެރެއިން ބަލިން ފަސޭހަވެފައި ވަނީ 72،569 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 17 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 214 މީހުން ނިޔާވެފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް