ބޮލީވުޑް

40 އަހަރަށް ފަހު ޕަރޭޝް, ގުޖްރާތު ސިނަމާއަށް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ބޮލީވުޑްގެ ލެޖެންޑަރީ އެކްޓަރ ޕަރޭޝް ރަވާލް 40 އަހަރަށް ފަހު ގުޖްރާތުގެ ސިނަމާތަކަށް އެނބުރި އަންނަކަން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް އޭނާ ކުރި ޓްވީޓެއްގައި ބުނީ 40 އަހަރަށް ފަހު ގުޖްރާތީ ފިލްމެއް ކުޅެން ލިބުމުން ވަރަށް އުފާވެފައި ހުރި ކަމަށެވެ.

"އަހަރެން މިހުރީ ވަރަށް އުފަލުން. 40 އަހަރަށް ފަހު ގުޖްރާތީ ފިލްމެއް ކުޅެން ނިންމައިިފިން. އަހަރެންގެ އަމިއްލަ ފިލްމް "ޑިއަރ ފާދަރ"ގެ މައްޗައް ކުޅޭ ފިލްމެއް. އެންމެންގެ ދުއާއާއި ލޯބި ބޭނުން" ޕަރޭޝް ބުނެފައިވެއެވެ.

"ޑިއަރ ފާދަރ"އަކީ އެއް ގެއެއްގައި އުޅޭ 3 މީހުންގެ ދިރިއުޅުމުގެ މަައްޗަށް ތައްޔާރުކޮށްފައިވާ ކޮމިކް ފެމެލީ ޑްރާމާއެކެވެ.

ޕަރޭޝް ދެން އެންމެ އަވަހަށް ފެނިގެންދާނީ ބޮލީވުޑްގެ ފިލްމް "ހަންގާމާ 2" އިންނެވެ. މިފިލްމުގައި ޕަރޭޝްއާ އެކު ޝިލްޕާ ޝެޓީގެ އިތުރުން މީޒާން ޖާފެރި އަދި ޕަރިނީތާ ޝުބާސް ފެނިގެންދާނެއެވެ. ޕްރިޔަދަރުޝަން ޑައިރެކްޓް ކޮށްފައިވާ މި ފިލްމު، ޑިސްނީ ހޮޓްސްޓާއިން މި ޖުލައި މަހުގެ 23 ވަނަ ދުވަހުން ފެށިގެން ފެންނާނެއެވެ.

ޕަރޭޝްއަކީ ބޮލީވުޑްގެ ކާމިޔާބު ފިލްމްތަކުން ފެނިގެން ގޮސްފައިވާ ތަރިއެކެވެ. އޭނާގެ އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމުކަމުގަައިވާ "ޕިރް ހޭރާ ޕޭރީ"ގެ ސީންތަކަކީ ސޯޝަލް މީޑިޔާގައި މިހާރު ވެސް މަގުބޫލް ސީންތަކެކެވެ. މީގެ އިތުރުން ވެސް ފިލްމް "ޗުޕް ޗުޕް ކޭ" އަދި "ހަލް ޗަލް" އަކީ ވެސް ޕަރޭޝްގެ ފާހަގަ ކޮށްލެވޭ ފިލްމްތަކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!