ޚަބަރު

ފުލޫ ކުލިނިކަށް ދެއްކި ދެމީހަކު ކޮވިޑަށް ފައްސިވެ ކާށިދޫ އަނެއްކާ ވެސް މޮނިޓަރިންއަށް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރޯގާގެ އަލާމާތްތަކެއް ހުރެގެން ފުލޫ ކުލިނިކަށް ދެއްކި ދެމީހަކު ކޮވިޑް19އަށް ފައްސިވެ މާލެ އަތޮޅު ކާށިދޫ އަނެއްކާ ވެސް މޮނިޓަރިންއަށް ލައިފިއެވެ.

Ads by Sosun Fihaara

"ދެން"އަށް މައުލޫމާތު ދެއްވަމުން ކާށިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު ވިދާޅުވީ ފުލޫ ކުލިނިކަށް ދެއްކި ދެމީހަކު ބައްޔަށް ފައްސިވެފައިކަމަށާއި ރަށް މޮނިޓަރިންއަށް ލައިފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

"ފުލޫ ކުލިނިކަށް ދެއްކި ދެ ބިދޭސީއަކު ބައްޔަށް ފައްސިވީ. މިވަގުތު ކުރިއަށްދަނީ ކޮންޓެކްޓް ޓްރޭސީންގެ މަސައްކަތް. މީގެ ކުރިން ވެސް ކާށިދޫ މޮނިޓަރިންއަށްލި. އެކަމަކު އޭރު މޮނިޓަރިންއިން ނެގިތާ ދުވަސްތަކެއްވެއްޖެ" އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ ރަށުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށާއި މިހާރު މަސައްކަތް ކުރަމުންދަނީ ގައިޑްލައިންތައް އާއްމުކުރުމަށް ކަމަށެވެ.

"ރަށުގެ ރައްޔިތުންގެ އެއްބާރުލުން ވަރަށް ފުރިހަމައަށް ލިބޭ. އެހެންކަމުން ކުރީ ފަހަރުވެސް ރަށުތެރޭ އެހާ ބޮޑަށް ފެތުރިގެންނެއް ނުދޭ. އެހެންކަމުން މިފަހަރު ވެސް އެ އެއްބާރުލުން ލިބޭނެކަމަށް އުއްމީދު ކުރަނީ" އާމިރު ވިދާޅުވިއެވެ.

މީގެކުރިން ކާށިދުއަށް ކުރިމަތިވި ބަލިމަޑު ކަމުގައި 30 މީހުން ވަނީ ބައްޔަށް ފައްސިވެފައެވެ.

ރާއްޖޭގެ ކޮވިޑް-19 ހާލަތު މަޑުމަޑުން އަންނަނީ ރަނގަޅުވަމުންނެވެ. އަދި ކޮވިޑް-19ގެ އެލަރޓް ސްޓޭޓަސް ރަތުން އޮރެންޖަށް ބަދަލުކޮށްފައިވާއިރު ހާލަތު ގޯސްވުމުގެ ސަބަބު ހަރުކަށި ކުރި ފިޔަވަޅުތަކަށް މިިހާރު ވަނީ ލުއި ދީފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!