ޚަބަރު

ރައްކާތެރިކަމުގެ ފިޔަވަޅާ އެކު އާއްމު ރޯގާތައް މަދުވެއްޖެ: އެޗްޕީއޭ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކޮވިޑް19އިން ރައްކާތެރިވުމުގެ ގޮތުން އަމިއްލަ ރައްކަލަކަށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން މިއަހަރު ރިޕޯޓްކޮށްފައިވާ އާއްމު ރޯގާގެ މިންވަރު މިދިޔަ އަހަރާ އަޅައިބަލާއިރު މަދު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

ކޮންމެ އަހަރެއްގެ ވެސް ވިއްސާރަ މޫސުމުގައި މަދިރި އާލާވެ މަދިރީގެ ސަބަބުން ޖެހޭބަލިތައް އިތުރުވާއިރު މިއަހަރުގެ މެއިމަހު ، މަދިރީގެ ސަބަބުން ޖެހޭ ބައްޔެއް ކަމުގައިވާ ޑެންގީ ހުމުގެ ވޭދަނަތަކުގެ އަދަދަކީ 12ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. ޖޫން މަހު ރިޕޯޓް ކޮށްފައި ވަނީ މި ފަދަ 7 ވޭދަނައެވެ.

މީގެ އިތުރުން އަރިދަފުސް ރޯގާޖެހިގެން މިއަހަރުގެ މެއިމަހު 12216 ވޭދަނައެއް ރިޕޯޓުކޮށްފައިވާއިރު ޖޫން މަހު 5168އަށް މި ޢަދަދު ދަށްވެފައިކަމަށް އެޗްޕީއޭ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މިދިޔަ މެއި މަހުގެ ތެރޭގައި ބޭރަށް ހިނގުމާއި ހޮޑުލުމުގެ 1451 ވޭދަނަ ރިޕޯޓުކޮށްފައިވާއިރު ޖޫން މަހު ރިޕޯޓުކޮށްފައި ވަނީ 882 ވޭދަނައެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު ވަރަށް ބޮޑުތަން މަދު އަދަދެކެވެ.

ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް19އިން ރަައްކާތެރިވުމުގެ ގޮތުން އަމިއްލަ ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އެޅުމަށް އެޗްޕީއޭއިން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ. އަދި މާސްކު އެޅުން ފަދަ ކަންކަން މަޖުބޫރުކޮށްފައިވާއިރު މިކަންކަމުގެ ސަބަބުން އާއްމު ބަލިތައް ފެތުރޭ މިންވަރުން މިވަނީ ދަށަށް ގޮސްފައެވެ.

Ads by Ooredoo
  1. މުހައްމަދު

    އާއްމުރޯގާތައް މަދުވާނެނޫންތޯ!!! ބަލިވެގެން ގުޑާނުލެވޭ އިރުވެސް މި ތިބެނީ ގޭބަންދުގަ…ޑޮކްޓަރަށް ދައްކާ ޢަދަދު މަދުވީމަ ތފާސް ޙިސާބަށް ލުއިވާނެ ނޫންތޯ!!