ޚަބަރު

ޓެރަރިޒަމްގެ ތުހުމަތުގައި ތިމަރަފުށިން ހައްޔަރުކުރި އެންމެންގެ ބަންދު ދަމަހައްޓައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ދީނީގޮތުން ހައްދު ފަހަނައެޅުމާއި ހަރުކަށި ފިކުރު ފެތުރުމުގެ ޙަރަކާތްތައް ހިންގައި ޓެރަރިޒަމްގެ ޢަމަލުތައް ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ތ.އަތޮޅު ތިމަރަފުށިން ހައްޔަރުކޮށްފައިވާ 8 މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ދަމަހައްޓައިފިއެވެ.

Ads by STELCO

މި މައްސަލައިގަިއ ހައްޔަރު ކުރި ހަ މީހަކު ހައްޔަރު ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު ތިމަރަފުއްޓާއި މާލޭގެ އިތުރުން ކަނޑުމަތީގައި ފުލުހުންގެ ފަރާތުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ތ. ތިމަރަފުށި ފެހިވިދުވަރުގެ އަބްދުﷲ ޝަރީފް، ތ. ތިމަރަފުށި ކެނެރީގެ އަލީ މުނީޒު، ތ. ތިމަރަފުށި އަސުރުމާގެ މުހައްމަދު އާސިރު، ތ. ތިމަރަފުށި އަސްރަފީވިލާ އަހްސަން މުހައްމަދު، ރ. މަޑުއްވަރި ބީޗްހައުސް އަބްދުﷲ އިމާދު، ތ. ތިމަރަފުށި ސައިމާ ޝަމާހު ޝަރީފް، ނ. ކުޑަފަރި ރޯޒްމީޑު އިބްރާހިމް ލޫތު އަދި ރ. ކަނދޮޅުދޫ ފެހިވިލާ އަލީ އަރުހަމް މުހައްމަދުގެ މައްޗަށެވެ.

މި މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ތިމަރަފުށީގައި ދީނުގެ ނަމުގައި ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކޮށް ޓެރަރިޒަމަށް ހިތްވަރުދީ، ޓެރެރިސްޓް ޖަމާއަތްތަކުގެ އަމަލުތަކަކީ ސަބަބުވެރި އަމަލުތަކެއް ކަމަށް ދައްކައި، ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ކުރުމަށް ރާވައި އެކަމަށް ހިތްވަރުދިނުމުން ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!