Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލަ ސާބިތެއް ނުވި

އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލަ ސާބިތެއް ނުވި

ފެމިލީ ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ)އާ ބެހޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލި ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް އެކޮމިޝަނުން ނިންމައިފިއެވެ.

އެކޮމިޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ އަބްދުﷲ ގާޒީއާ ބެހޭ ގޮތުން އެކޮމިޝަނަށް ހުށައެޅުނު މައްސަލަަ ތަހުގީގުކޮށް ނިންމައި އެ މައްސަލަ ސާބިތު ނުވާ ކަމަށް މިދިޔަ ބުދަ ދުވަހު އެ ކޮމިޝަނުން ބޭއްވި ބައްދަލުވުމުގައި ނިންމައިފައިވާ ކަމަށެވެ.

އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ޖޭއެސްސީއިން ނިންމި އިރު އަބްދުﷲ ގާޒީ ވަނީ ފަނޑިޔާރުންނާއި ގާޒީން ތިއްބަވާ ވައިބާ ގްރޫޕެއްގައި ޅެމެއް ހިއްސާ ކުރައްވައި "ހެޕީ ބޮޑު ހުޅު ޑޭ" ޖައްސަވައިފައެވެ. އެހެން ނަމަވެސް މިމައްސަލައާ ބެހޭ ގޮތުން ޖޭއެސްސީން ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

Advertisement
Ooredoo — Truecaller (box)

ނަޝީދުގެ ވެރިކަން ވައްޓާއިލާން މާލޭގައި ކުރި މުޒާހަރާތައް ހޫނުވި ސަބަބަކަށް އަބްދުﷲ ގާޒީ ހައްޔަރުކުރުން ވަނީ ވެފައެވެ. އޭރު އޭނާ ހައްޔަރުކޮށްގެން ގެންދިޔުމަށް ފަހު އަނބުރާ މާލެ ގެނައީ ނަޝީދު އިސްތިއުފާ ދޭން ނިންމުމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް